N/A
N/A
ހަބަރު 09 Nov 2018 | 22:48

ކުރީގެ ޑިފެންސް މިނިސްޓަރ ތޮލްހަތު ވަގުތީގޮތުން މިނިވަންވެއްޖެ

ރައީސް ނަޝީދުގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރ ކަމުގެ މަގާމު އަދާކުރެއްވި ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ކޮށްފައިވާ ޖަލުހުކުމް ތަންފީޒުކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފިއެވެ.

މި އަމުރު ސުޕްރީމް ކޯޓުން ނެރެފައިވަނީ މިއަދުގެ ވަގުތެއްގައެވެ. ތޮލްހަތުގެ މައްޗަށް މީގެ ކުރިން އިއްވާފައިވަނީ  10 އަހަރުގެ ޓެރަރިޒަމްގެ ކުށުގެ ޖަލު ހުކުމެކެވެ. ތޮލްހަތުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އަންގާފައިވަނީ އެ މައްސަލަ ބަލައި ނިމެންދެންނެވެ.

ތޮލްހަތު 2016 ވަނަ އަހަރުން ފެށިގެން ހުންނެވީ ގޭ ބަންދުގައިކަން ފާހަގަކޮށްލެވެއެވެ.

މި މައްސަލަ އަލުން ބެލުމަށް ތޮލްހަތުގެ ފަރާތުން ހުށައެޅި މިއީ ދެވަނަ ފަހަރެވެ. ކުރިން ހުށައެޅި ފަހަރު ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ނުގަތްކަން ފާހަގަކޮށްލެވެއެވެ.

ސުޕްރީމް ކޯޓުން ވަނީ މީގެ ކުރިން ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް، ދިއްގަރު ދާއިރާާާގެ ކުރީގެ މެންބަރު އަހްމަދު ނާޒިމް، އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބްދުﷲ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ވަގުތީ އަމުރު ނެރެފައެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި
23 Nov 2026 ހަބަރު

ކޫއްޑޫގައި މަސްތުވާތަކެތި ރައްކާކޮށް އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ބިދޭސީއެއް ހައްޔަރުކޮށްފި

ފުލުހުން މައުލޫމާތު ދިންގޮތުގައި، އޭނާ ހައްޔަރުކޮށްފައިވަނީ ކޫއްޑޫގައި މީހަކު މަސްތުވާތަކެތި ރައްކާކޮށް، ފުޅާދާއިރާއެއްގައި އެ ތަކެތި ވިއްކާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަންގައި މި ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަންގައެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ގއ. ވިލިނގިލި ޕޮލިސް އަދި މާމެންދޫ ޕޮލިސް ގުޅިގެންނެވެ.

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް
23 Nov 2026 ހަބަރު

ކުރިއަށް އޮތް ތިން ދުވަހުވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރާނެ؛ ދުރު ފެންނަ މިންވަރު ވަރަށް ދަށް: މެޓް

މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ދުންފުހުގެ އަސަރު ކުރިއަށް އޮތް ތިން ދުވަހުވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް
23 Nov 2026 ހަބަރު

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް 23 އިސްލާހެއް

މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓް ކޮމިޓީން އެކުލަވާލި ރިޕޯޓް ހުށަހަޅާފައިވާއިރު، އެ ރިޕޯޓަށް 23 އިސްލާހެއް ހުށަހަޅާފައިވާ ކަމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އެ އިސްލާޙް ތަކާއި ހުށަހެޅުއްވި މެމްބަރުން ހާމަކުރައްވާފައެއް ނުވެއެވެ.

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް
23 Nov 2026 ހަބަރު

އެއްވެސް މެޗަކުން ބަލިނުވެ، ބީޗް ވޮލީގެ ތިން ތަށި ކްލަބް އެޗްޑީސީއަށް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)އިން ބޭއްވި ތިން ބީޗް ވޮލީ މުބާރާތެއްގައި އެއްވެސް މެޗަކުން ބަލިނުވެ، ތިން މުބާރާތުގެ ޗެމްޕިއަންކަން ވެސް މި ކޯޕަރޭޝަންގެ "ކްލަބް އެޗްޑީސީ"ން ހޯދައިފިއެވެ.