N/A
N/A
ހަބަރު 08 Sep 2019 | 10:07

ބޮޑެތިބަދަލުތަކާއެކު "ސަލާތުއެމްވީ" ގެ އަޕްޑޭޓެއް ނުކުމެއްޖެ!

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން 2013 ވަނަ އަހަރު ލޯންޗުކޮށްފައިވާ މޮބައިލް އެޕްލިކޭޝަންއެއްކަމަށްވާ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓެއް ނުކުމެއްޖެއެވެ.

ނަމާދު ވަގުތު އަންގައިދިނުމަށާއި، ނަމާދު ކުރާނޭގޮތާއި ނަމާދުގައި ކިޔާ ދުޢާތައް ހިމަނައިގެން އުފައްދާފައިވާ’ސަލާތުއެމްވީ‘ އެޕްލިކޭޝަންގެ ވަރަށްބޮޑު ބަދަލުތަކަކާއެކު އިއްޔެ ނުކުތް އަޕްޑޭޓަކީ އެންޑްރޮއިޑް ފޯނުތަކަށް ނުކުތް އަޕްޑޭޓެކެވެ.

’ސަލާތުއެމްވީ‘ ގެ އައި.އޯ.އެސް ވާޝަންގެ މަސައްކަތްވެސް ވަރަށް ބާރަށް ކުރިއަށްދާކަމަށާއި ގާތްގަނޑަކަށް 10 ވަރަކަށް ދުވަހުގެތެރޭގައި އައި.އޯ.އެސް ވާޝަން ނެރެވޭވަރުވާނެކަމަށް ޖަމްޢިއްޔަތުއްސަލަފުގެ ހިންގާކޮމެޓީގެ މެމްބަރު އަޒްމާން ވިދާޅުވެފައިވެއެވެ.

”ޢާއްމުކޮށް އެންމެންނަށް ލިބޭނެހެން ޓެސްޓިންއެއް މިއަދު މިފެށީ. އަދި މިއީ އެންޑްރޮޑް އޮޕަރޭޓިންގ ސިސްޓަމްއަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަން. މިހާރު ލައްކައަށްވުރެ ގިނަ މީހުން ޑައުންލޯޑް ކޮށްފައިވާ މި އެޕްލިކޭޝަންއަކީ ރާއްޖޭގެ ނިސްބަތުން ވަރަށް ގިނަ ބަޔަކު ބޭނުންކުރަމުންދާ އެޕެއް“ އަޒްމާން ވިދާޅުވިއެވެ.

’ސަލާތުއެމްވީ‘ އެޕްލިކޭޝަންއާއި ގުޅޭގޮތުން، ޖަމްޢިއްޔަތުއްސަލަފުގެ ނައިބު ރައީސް، އަދި ’ސަލާތުއެމްވީ’އެޕްލިކޭޝަންގެ ޕްރޮޖެކްޓް މެނޭޖަރު އައްޝައިޚް ޙަސަން މޫސާ ފިކްރީ ވިދާޅުވީ މިއަދު މިނެރުނު ’ސަލާތުއެމްވީ‘ ގެ އަޕްޑޭޓަކީ މި އެޕްގެ މުޅިން އާ ވާރޝަނެއްކަމަށާއި މިފަހަރު މިވަނީ މުޅި އެޕްލިކޭޝަން އެއްކޮށް ބަދަލުކޮށްފައިކަމަށެވެ.

”އެންމެ ފުރަތަމަ މި އެޕް އާންމު ކުރެވުނުފަހުން ދެފަހަރަކުވަނީ ކުދިކުދި ބަގްފިކްސިންގ އާއެކު އަޕްޑޭޓް ކުރެވިފަ، ނަމަވެސް މިފަހަރުގެ އަޕްޑޭޓަކީ ވަރަށް ތަފާތުކޮށް މުޅި އެޕްލިކޭޝަން އެކުގައި ބަދަލުކޮށްލައި، ގިނަ ފީޗާތަކެއް އިތުރުކުރެވިގެން ގެނެސްދެވޭ، ’ސަލާތުއެމްވީ‘ ގެ މުޅިން އާ ވާރޝަންއެއް މިއީ“ ޝައިޚް ފިކްރީ ވިދާޅުވިއެވެ.

މިއަޕްޑޭޓްގައި ކުރީގެ އެޕްގައި ހިމެނިފައިނުވާ އެތައްކަމެއް ވަނީ އިތުރުކޮށްފައެވެ. އެގޮތުން، ’ސަލާތުއެމްވީ‘ ގެ މިފަހަރުގެ އަޕްޑޭޓާއެކު، މުޅި އެޕްގެ ޑިޒައިންވެސް ވަނީ ބަދަލުކޮށްފައެވެ.

ޒައިތޫނި ކުލަޔާއި ވިލުނޫކުލައިގެ ދެ ތީމް ހިމެނިފައިވާ މިއެޕް އާއެކު، އެޕްގެ ވިޖެޓް ވެސްވަނީ ތަޢާރަފުކޮށްފައެވެ. އޭގެ އިތުރުން، ނަމާދުގަޑިތަކުގައި ލެވޭ އެލާޓްތަކުގައި އިތުރު އިޚްތިޔާރުތައްވަނީ ހިމަނާފައެވެ.

މުޅި އެޕްލިކޭޝަންވަނީ ދިވެހި ޢަރަބި، އިނގިރޭސި ބަހުން ބޭނުންކުރެވޭ ގޮތަށް ފުރިހަމަ ކޮށްފައެވެ. އަދި ނަމާދު ވަގުތުގެ ކުރިން، އެމީހަކު ބޭނުން ވަގުތަކަށް، އިތުރު އެލާޓްތައް ސެޓްކުރުވޭނެ ގޮތްވެސްވަނީ ހިމަނާފައެވެ.

ނަމާދުގެ ރުކުންތަކާއި، ނަމާދު ކުރާނޭ ގޮތާއި، ނަމާދުގެ ޒިކުރުތަކާއި އެ ޒިކުރުތަކުގެ މާނަވެސް މިފަހަރުވަނީ އިތުރުކޮށްފައެވެ. ކުރިންވެސް އެޕްގައި ހިމެނޭ، ވުޟޫ ކުރާނެގޮތާއި، ހިނައިގަންނާނެ ގޮތާއި، ތަޔައްމުމު ކުރާނޭގޮތުގެ އިތުރުން ދަތުރުވެރިޔާގެ ނަމާދާގުޅޭ މަޢުލޫމާތުތައް، އެޕް ބޭނުންކުރަން ފަސޭހަ ވާނޭހެންވަނީ ޓެބްތަކަށް ބަހާލައި މުޅިން އާ ފަރުމާއަކަށްވަނީ ބަދަލުކުރެވިފަ އެވެ.

’ސަލާތުއެމްވީ‘ އެޕް ޓެސްޓު ކުރުމަށް ބީޓާ ވާރޝަންއެއް ޗެކް ކުރަމުންދާތާ ގާތްގަނޑަކަށް ތިން ހަފްތާވެއްޖެކަމަށްވެސް ޝައިޚް ފިކުރީ ވިދާޅުވިއެވެ. ނަމަވެސް މިހާރު މިވަނީ އާންމުނަށް އެޕް ޑައުލޯޑް ކުރެވޭނޭހެން ހުޅުވާލެވިފައެވެ. އަދި އައީއޯއެސްގެ އަޕްޑޭޓް ވަރަށް އަވަހަށް އާއްމުންނަށް ލިބޭނެކަމުގައިވެސް ޝެއިޚް ވިދާޅުވިއެވެ.

އައިއޯއެސް އާއި އެންޑްރޮއިޑް އެޕް ޓެސްޓިންގ ނިމުމުން ’ސަލާތުއެމްވީ‘ ގެ މި ވާރޝަން ރަސްމީކޮށް އިފްތިތާޙު ކުރުމަށް އާންމުންނަށް ހުޅުވާލައިގެން ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ’ސަލާތުއެމްވީ‘ ގެ އެޕްގެ އެއްވެސް މައްސަލައެއް ފާހަގަ ކުރެވިފައިވާނަމަ ނުވަތަ ޚިޔާލެއް ހުށަހެޅުވުމަށް ތިރީގައިވާ އީމެއިލް އެޑްރެހަށް އީމެއިލް ކުރެއްވުމަކީ ޖަމްޢިއްޔާގެ ވަރަށް ބޮޑު އެދުމެކެވެ.

ސުވާލާއި އަދި ޚިޔާލު ފޮނުއްވުމަށް: [email protected]

އެޕް ޑައުލޯޑް ކުރެއްވުމަށް: https://play.google.com/store/apps/details?id=mv.salaf.salat

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...