ވަޒީފާއިން ކަނޑަމުންދާތީ މަނަފަރު ރިސޯޓްގެ މުވައްޒަފުން ހަޅުތާލުގައި
ވަކި މުވައްޒަފުންތަަކަކަށް އަމާޒުކޮށްގެން ވަޒީފާއިން ވަކިކުރާ ކަމަށްބުނެ ޖޭއޭ މަނަފަރު ރިސޯޓްގެ މުވައްޒަފުން ހަޅުތާލުކުރަން ފަށައިފިއެވެ.
އެ މުވައްޒަފުން ދަނީ ހަޅުތާލުކުރުމުގެ ގޮތުން ޑިއުޓީއަށް ނިކުތް ކަމުގައިވިޔަސް، ސްޓާފް ކެންޓީން ފަދަ ވަސީލަތްތައް ބޭނުންކުރުން ހުއްޓާލާފައެވެ.
މިކަމާއި ގުޅިގެން މީޑިޔާތަކަށް މައުލޫމާތުދެމުން ޓުއަރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ގެ ޖެނެރަލް ސެކްރެޓަރީ އަދި ތަރުޖަމާނު މައުރޫފް ޒާކިރު ވިދާޅުވީ ހަޅުތާލު ކުރަން ފެށީ ރިސޯޓުގައި ރިޑަންޑެންސީ އިއުލާންކުރުމުން ކަމަށެވެ. އަދި ރިޑަންޑެންސީ އިއުލާންކޮށްފައިވަނީ އެކަން އިއުލާންކުރަން ޖެހޭފަދަ ހާލަތެއް ނެތިކަމަށްވެސް މައުރޫފް ފާހަގަކުރިއެވެ.
އެހެންކަމުން އެ ރިސޯޓްގެ މުވައްޒަފުން ތުހުމަތުކުރާ ގޮތުގައި މިކަން ކޮށްފައިވަނީ މުވައްޒަފުންގެ ހައްގުގައި ވަކާލާތުކުރާ ހައުސްކީޕިންގް މުވައްޒަފުންގެ އަޑު ކަނޑުވާލުމަށެވެ.
މައުރޫފް ވަނީ މިކަމާއި ގުޅިގެން މުވައްޒަފުންނާާއި މަޝްވަރާކުރުމަށް ރިސޯޓްގެ މެނޭޖްމަންޓުން ބޭނުން ނުވާކަމަށްވެސް ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް