N/A
N/A
ހަބަރު 23 Sep 2018 | 12:05

ރާއްޖޭގެ އިންތިޚާބާމެދު ސުވާލު އުފައްދަނީ ކީއްވެތޯއެވެ.

ރާއްޖޭގައި މިއަދު ފެށިގެން ހިގަމުންދާ ރިޔާސީ އިންތިޚާބުގެ ވޯޓްލުމުގައި މަކަރުހަދައި އޮޅުވާލާނެކަމަށް ބޭރުގެ އެކިއެކި މީޑިއާތަކާއި ޖަމްއިއްޔާތަކުން ތުހުމަތުކޮށްފައިވީނަމަވެސް ވޯޓްލުން ނިމުމަކަށްދާއިރު މިހާތަނަށް ރާއްޖޭގެ އެއްވެސް ހިސާބަކުން ވޯޓްއޮޅުވާލުމުގެ މައްސަލަތަކެއް ރިޕޯޓްކޮށްފައި ނުވެއެވެ. އިންތިޚާބު އޮޅުވާލުމުގެ ވާހަކަތަކަކީ 2013 ވަނަ އަހަރުވެސް ބޭރުގެ ފަރާތްތަކުން އެންމެ ބޮޑަށް ދެއްކި ވާހަކަތަކެވެ. ތަޅާފޮޅުން ހިގާ އެފްރިކާގެ ގައުމުތަކުގައި އިންތިޚާބު އޮޅުވާލަފާނެކަމަށް އިންޒާރުދީ ނަހަދާ މިންވަރަށް ދިވެހި ރާއްޖެއަށް އިންޒާރުދިނެވެ. އެކަމަކު އެފަހަރުވެސް އިންތިޚާބު އިންސާފުވެރިކަމާއެކު ނިމިގެންދިޔައެވެ. އަމްދުން ޑިމޮކްރަސީކަމަށްބުނާ އަވަށްޓެރި ގައުމުގައި އިންތިޚާބުގެކަންކަން ނުގެންދެވޭހާ ފުރިހަމައަށް އެއްވެސް ދެކޮޅުވެރިކަމެއް ހަމަނުޖެހުމެއް ނެތި ނިމުނެވެ.

އޭގެފަސް އަހަރުފަހުން މިފަހަރު އިންތިޚާބާއިދިމާކޮށްވެސް އެއިންޒާރުތައް އޮތީ ދީފައެވެ. ޑިމޮކްރަސީގެ މަގަށް ރުޖޫއަވާން އެބައަންގައެވެ. ރާއްޖެއަކީ ޚުދުމުޚްތާރު ގައުމެއްކަމަށް ބުނެއެވެ. އަލްޖަޒީރާފަދަ ބާރުގަދަ މީޑިއާތަކުގެ ކަންބޮޑުވުންވެސް އިންތިހާއެވެ. އަލްޖަޒީރާ ނިސްބަތްވާ ގަތަރުގައި ޑިމޮކްރަސީއެއް ނުވާހިނދުއެވެ. އަވަށްޓެރި އިންޑިޔާގައި ވެރިކަމުގެ ޚުދުމުޚްތާރުކަން އެގައުމުގެ ނަސްލުމަދު ރައްޔިތުންނަށް ކުރިމަތިވަމުންދާކަމަށް އެގައުމުގެ މީޑިއާއިން ބުނާއިރުވެސް އަވަށްޓެރިންނަށް ބިރުދެއްކުމެވެ. ވޯޓްލާން ނުކުތް މީހުން ގިނަ ކަމުން ރާއްޖެއާއިބެހޭގޮތުން ގިނަގިނައިން ކަންބޮޑުވުން ފާޅުކުރައްވައި ޓްވީޓްކުރައްވާ އިގިރޭސި ހައިކޮމިޝަނަރ ހައިރާންވެވަޑައިގެން ޓްވީޓެއްކޮށްލެއްވިއެވެ.

ދިވެހި ރައްޔިތުން ތަސައްރަފް ފުދިފައިވާ މިންވަރު ދެކިބަލާށެވެ. ވޯޓްލުން އެއޮތް ނިމެނީއެވެ. އިންތިޚާބުގެ ކެމްޕެއިން ދެކެންޑިޑޭޓުން ބޭނުންވި ކޮންމެ ރަށަކަށް އަރައިފައިބައިވަޑައިގެންނެވިއިރު ދެޕާޓީއަށް ނިސްބަތްވާ ސަޕޯޓަރުންގެ މެދުގައިވެސް ހަމަނުޖެހުމެއް ނުހިގައެވެ. ރީތި ނޫންތޯއެވެ. ރައްޔިތުން އަމާންކަމާއި އޮމާންކަމާއެކު އެއްވެސް ނުފޫޒެއްނެތި ވޯޓްލައި އެއޮތް ނިންމަނީއެވެ. ދުނިޔޭގެ ކުރިމަތީގައެވެ. އެމީހަކު ބޭނުން ކެނޑިޑޭޓަކަށެވެ.

އިންތިޚާބު އޮޅުވާލުމުގެ ވާހަކަތައް ދައްކަނީ ހަގީގަތުގައި ރާއްޖެއަށް ބިރު ދެއްކުމަށެވެ. ބިރުދައްކާ ފަރާތްތަކުން ރާއްޖޭގައި ގާއިމުކުރަންބޭނުންވާ ސަރުކާރެއް ގެނައުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު
03 Nov 2026 ހަބަރު

އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރަން ޖެހެނީ އަމިއްލަ ފައިމައްޗަށް ތެދުވަން: ދިފާއީ ވަޒީރު

"އެއްވެސް ބާރެއްގެ ބަނޑުދޮށުގައި އޮތުމުގެ ބަދަލުގައި މަސައްކަތް ކުރާން ޖެހެނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވުމަށްކަން" ނަސްރުގެ ދުވަހުގެ އިބްރަތްތައް ހަނދާންކޮށްދެއްވާ ވަޒީރު ވިދާޅުވި އެެވެ.

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް
03 Nov 2026 ހަބަރު

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ސިފައިންގެއިން ނިކުތް ބަތަލުންނަށް

ނޮވެންބަރު ތިނެއްގެ ޝަރަފުގެ ޚާއްސަ އައްޑަނަ ފަސް ބޭފުޅަކަށް މިރޭ އަރުވައިފި އެވެ.

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް
03 Nov 2026 ހަބަރު

ކޮންމެ ފިޔަވަޅެއް، ނިންމާ ކޮންމެ ނިންމުމެއް ނިންމާނީ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް: ރައީސް

"ޤައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަން. ޤައުމަށް ޣައްދާރުވުމުގެ ނަތީޖާއަކީ އަބަދުވެސް އަބާޖައްވެރިކަން" ރައީސް ވިދާޅުވި އެވެ.

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ
03 Nov 2026 ހަބަރު

ކިއު.އެސް އޭޝިއާ ޔުނިވަރސިޓީ ރޭންކިންގައި އެމްއެންޔޫ ހިމެނިއްޖެ

ދެކުނު އޭޝިއާ ސަރަޙައްދުގެ ގަދަ 400 ޔުނިވަރސިޓީގެ ތެރޭގައި ވެސް އެމް.އެން.ޔޫ ވަނީ ޖާގަ ހޯދާފައެވެ

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި
03 Nov 2026 ހަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އާނު ހައްޔަރުކޮށްފި

އާނު ހައްޔަރުކޮށްފައިވާކަން ފުލުހުން ވަނީ ޔަގީންކޮށްދީފަ އެވެ.

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ
03 Nov 2026 ހަބަރު

މި ދައުރުގައި މިހާތަނަށް 806 ޒުވާނަކަށް ސިފައިންގެ ވަޒީފާ

އެގޮތުން މި ދައުރުގައި މިހާތަނަށް 806 ޒުވާނުން ސިފައިންގެ ވަޒީފާއަށް ނިކުމެފައިވާ ކަމުގައި ވިދާޅުވި އެވެ.

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް
03 Nov 2026 ހަބަރު

ސިފައިންގެ އަސްކަރީ ހުށަހެޅުން، މި އަހަރުވެސް ބޮޑު ތަރުހީބެއް

މި އަހަރުގެ އަސްކަރީ ހުށައެޅުންތައް ބަލާލުމަށްވެސް ވަރަށް ގިނަ އަދަދެއްގެ ބަޔަކު ޖަމާވި އެވެ.

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް-  ޗީފް އޮފް ޑިފެންސް ފޯސް
03 Nov 2026 ހަބަރު

ޑްރޯނަކީ އެމްއެންޑީއެފްގެ ކޯސްޓްގާޑަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް- ޗީފް އޮފް ޑިފެންސް ފޯސް

ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަކީ ދިވެހި އަސްކަރިއްޔާ ތަރައްޤީ ކުރުމަށްޓަކައި އެންމެ ގިނަ މަސައްކަތްތަކެއް ކޮށް، އެންމެ ބޮޑު ހޭދައެއް ކުރަމުންދާ ދައުރު ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވިދާޅުވެއްޖެއެވެ. މިގޮތުން ޑްރޯންތަކަކީ ދިވެހި އަސްކަރިއްޔާއަށް ލިބިގެންދިޔަ ވަރަށް މުހިންމު ވަސީލަތެއްކަން އެމަނިކްފާނު ފާހަގަކުރެއްވިއެވެ.