މީޑިޔާ ކައުންސިލްގެ މެންބަރަކަށްވުމަށް ހުޅުވާލައިފި
މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ މެންބަރކަމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.
އެމްއެމްސީގެ މެންބަރކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ، މިހާރު ދައުރުއަދާކުރަމުންދާ މެންބަރެއްގެ ދައުރު ހަމަވާތީއެވެ. އެ މެންބަރުގެ ދައުރުހަމަަވާނީ މިފެށޭ ހަފްތާގެ އަންގާރަ ދުވަހަށެވެ.
ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އެ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މީޑިއާތަކުން، މި މަހު 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
އެމްއެމްސީ އެކުލެވިގެންވަނީ މީޑިޔާތަކުން އިންތިޚާބުކުރެވޭ އަށް މެންބަރުންނާއި އާންމުންގެ ހަތް މެންބަރުން ހިމެނޭގޮތަށްވ މުޅި ޖުމްލަ 15 މެމްބަރުންގެ މައްޗަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް