ަމަންތާ އެއާގެ ދަތުރުތައް ފަށައިފި
މަންތާ އެއާގެ ޝެޑިއުލް ދަތުރުތައް މިއަދު ފަށައިފިއެވެ.
އެ ކުންފުނިން މިއަދު ވަނީ މާލެއާއި ކުޑަހުވަދޫއާއި ދެމެދު ފުރަތަމަ ދަތުރުތައް ބާއްވާފައެވެ.
މި ދަތުރަށްފަހު އޮތް ރަސްމިއްޔާތެއްގައި ވާހަކަފުުޅު ދައްކަވަމުން މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލު ވިދާޅުވީ މިއީ އެ ކުންފުނީގެ ތާރީޚުގައި މުހިންމު ދުވަހެއްކަމަށާއި، މިއަށްވުރެ ގިނަ މަތިންދާބޯޓުތަކުން މިއަށްވުރެ ގިނަ މަންޒިލްތަކަށް ދަތުރުކުރާނެކަމަށެވެ.
އެ އެއާލައިނަށް ހުއްދަ ދިން އިރު ދަތުރުތައް ކުރަން އޭޓީއާރު 72- 600 މަރުކާގެ ދެ ބޯޓު ވަނީ ރާއްޖެ ގެނެސްފަ އެވެ. އަދި އިތުރު ބޯޓެއް މިއަހަރުގެ ކުރީކޮޅު ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އެ އެއާލައިނުންވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް