މަޖިލީހަށް ވާދަކުރާކަން ޣައްސާން ޔަގީންކޮށްދީފި
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތ. ގުރައިދޫ ދާއިރާއަށް ވާދަކުރައްވާކަން ޣައްސާން މައުމޫން ރަސްމީކޮށް އިއުލާނުކުރައްވައިފިއެވެ.
ގައްސާން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ތ. ގުރައިދޫ ދާއިރާއަށް އޭނާ ނުކުންނަވަނީ ޕީޕީއެމްގެ ކެންޑިޑޭޓެއްގެ ގޮތުގައި ކަމަށެވެ.
ގައްސާން ވިދާޅުވީ އެ ދާއިރަށް ނުކުންނަވަން ނިންމެވީ، އެ ދާއިރާގެ ތިން ރަށްކަމުގައިވާ ގުރައިދޫ، ދިޔަމިގިލި، ގާދިއްފުށީގެ ރައްޔިތުންގެ ގާތް މިތުރެއްގެ ގޮތުގައި އެ ތިން ރަށުގެ ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށާއި، ތިން ރަށުގެ އުފާ ފާގަތިކަމަށް މަސައްކަތްކޮށްދިނުމަށްޓަކައި ކަމަށެވެ.
"އަޅުގަނޑުގެ އުއްމީދަކީ ގުރައިދޫ، ދިޔަމިގިލި، ގާދިއްފުށީގައި ހުރި މައްސަލަތަކާއި އަދި ރައްޔިތުންގެ ކަންބޮޑުވުންތަކާ ވާދަކޮށް، މާތްﷲގެ ވާގިފުޅާއި ރައްޔިތުންގެ ތާއިދާއެކު މި އިންތިހާބު ކާމިޔާބުކޮށް، މި ތިން ރަށުގެ ރައްޔިތުންގެ އިތުބާރާއި ލޯބި އިތުރަށް ހޯދައި، ކާމިޔާބު މަސައްކަތްތަކެއް ކުރިއަށް މިއޮތް ފަސް އަހަރުގެ މެންބަރުކަމުގެ ދައުރުގައި ކޮށްދިނުމެވެ". ޣައްސާން ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް