ސަރުކާރުގެ މަޝްރޫޢުތަކަށް ޤާނޫނީކުލަ ޖައްސައިދޭނަން: ޘަޤީފް
ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވަޑައިގެންފިނަމަ ސަރުކާރުގެ މަޝްރޫއުތަކުގައި ގާނޫނީކުލަ ޖައްސައިދޭނެކަމަށް މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވައިކަރަދޫ ދާއިރާއަށް އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ޘަގީފް އިހުސާން ވިދާޅުވެއްޖެއެވެ
ޘަގީފް މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
ވައިކަރަދޫ، ކުރިނބީ އަދި ނެއްލައިދޫގެ މަޖިލިސް މެންބަރުކަމަށް ވާދަކުރައްވާ ޘަގީފް ވިދާޅުވީ މަޖިލިސް މެންބަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭނެ އެންމެ ބޮޑު އެއް މަސައްކަތަކީ ދާއިރާގެ ރައްޔިތުން އެދޭނެފަދަ ތަރައްގީގެ މަޝްރޫއުތައް ފޯރުކޮށްދިނުންކަމަށެވެ.
މިއީ ސަރުކާރުގެ މަސްއޫލިއްޔަތަކަށް ވީހިނދު، އެކަމަށް އެންމެ ބޮޑު ބާރުލައިދޭނެފަރާތަކީ ގާނޫނުތައް ހަދާ މަޖިލިސް މެންބަރުންކަމަށް ޘަގީފް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު ދެކުނިން ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް ވިދާޅުވި ވަރަށް ތަފާތު ބަސްކޮޅެއް. އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ މަޝްރޫޢުތަކަށް ޤާނޫނީކުލަ ޖައްސައިދިނުން ނޫންކަމެއް މަޖިލީހުގެ މެމްބަރަކަށް ކޮށްނުދެވޭނެކަމަށް. އެއީ ވަރަށްވެސް ބޮޑު ތެދުފުޅެއް. ސަރުކާރު ހަގީގަތުގައި ޖަވާބުދާރީވެސް މި ކުރުވަނީ އިޖްތިމާއީ، އިގްތިސާދީ އަދި އުމްރާނީ ތަރައްގީގެ އެކި ކަންކަން ކުރުމަށް"، ޘަގީފް ވިދާޅުވިއެވެ.
ޘަގީފް އިތުރަށް ވިދާޅުވީ އެބޭފުޅާގެ ވިސްނުންހުރީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުންދީ، ޖަޒީރާ ރާއްޖޭގެ ތަޞައްވުރުގެ ތެރެއިން ތިލަދުންމަތީގެ ތަަރައްގީގެ ފިކުރެއް ބިނާކުރުންކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް