އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގެ މުއްދަތު ހަމަވާތީ އެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ބުނީ، މިހިނގާ ޖުލައި މަހުގެ 22 ގެ ނިޔަލަށް، އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމްގެ މުއްދަތު ހަމަވާތީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު ޢައްޔަންކުރރުމަށްޓަކައި، އެމަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު އެ އޮފީހުން އިއްޔެ ހުޅުވާލާފައިވާ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އިއްޔެ ހުޅުވާލި ފުރުޞަތުގެ މުއްދަތު ހަމަވާ ތާރީޚަކީ، 18 ޖުލައި 2019 ވާ ބުރާސްފަރި ދުވަހުގެ 14:00 ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުން ލިބޭނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް