ހައުންސިން މިނިސްޓްރީގައި ރޯވެ މުޅި ސަރަހައްދު ދުމުން ކަޅުކޮށްލައިފި!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހައުންސިން މިނިސްޓްރީގައި ރޯވެ މުޅި ސަރަހައްދު ދުމުން ކަޅު ކޮށްލައިފިއެވެ.
އެގޮތުން، އެތަނުގައި ރީވެ އަރަމުންދާ ދުމުން މުޅި ބޮޑު ތަކުރުފާނު މަގު އޮތީ ކަޅު ކޮށްލާފައެވެ.

އެ ސަރަހައްދުގައި ފުލުހުންނާއި ސިފައިވެސް އަންނަނީ ހަރަކާތްތެރިވަމުން ނެވެ.
އެމްއެންޑީއެފުން ދާދި ދެންމެ އަކު ބުނި ގޮތުގައި އަލިފާން އަދިވެސް ކޮންޓްރޯލް އެއް ނުކުރެވޭ ކަމަށާ އިމާރާތް ކުރުމާއި ބިނާއާ ބެހޭ ވުޒާރާ ހުންނަ މުޅި ބިލްޑިންގ ގަ ވަނީ އަލިފާން ރޯވެފައެވެ.

އަދި އެއިމާރާތުގެ ވަށައިގެންވާ އެހެން އިމާރާތް ތަކުން މިހާރު ވަނީ މީހުން ހުސްކޮށްފައިވާއިރު، މިހާރު ބޮޑަށް މަސައްކަތް ކުރަމުންދަނީ އެހެން އިމާރާތްތަކަށް އަލިފާން ފޯރިއަ ނުދިނުމަށް ކަމަށެވެ.
ނަމަވެސް، އެންވަޔަރަމެންޓް މިނިސްޓްރީ ހިންގަމުން އަންނަ "ގްރީން ބިލްޑިންގ" އާ ހަމައާށްވެސް އަލިފާން ފޯރާފައިވާ ކަމަށް ބުންޏެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އަލިފާން ނިއްވުމަށް އެއަރޕޯޓުގެ ފަޔަރ ފައިޓަރސް ގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް