ކޮފީކޭކު
ކޮފީކޭކު
ލައިފްސްޓައިލް 06 Mar 2025 | 03:59

މިއޮތީ ކޮފީ ކޭކު އަޅާނެ ގޮތުގެ ރެސިޕީ! ފިރިހެންވެރިން މޮޅުވާނެ މިކަމަށް!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކޮފީ ކޭކަކީ ރަހަ މީރު ހަދާލަންވެސް މާ ގިނަ ވަގުތެއް ނުނަގާނެ ޑެޒާޓެކެވެ. އެހެން ކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ކޮފީ ކޭކުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

2 ޖޯޑު ފުށް

1 1/2 ޖޯޑު ހަކުރު

3/4 ޖޯޑު ކޮކޯ ޕައުޑާ

1 1/2 ސައި ސަމުސާ ބޭކިންގ ޕައުޑަރ

1 1/2 ސައި ސަމުސާ ބޭކިންގ ސޯޑާ

1/2 ސައި ސަމުސާ ލޮނު

2 ބިސް

1 ޖޯޑު ބްރޫޑް ކޮފީ (ހިހޫ ކޮށްފައި)

1/2 ޖޯޑު ތެޔޮ

1 ސައި ސަމުސާ ވެނީލާ އެސެންސް

ކޮފީ ފްރޮސްޓިންގ އަށް ބޭނުންވާ ތަކެތި

1 ޖޯޑު އަންސޯލްޓެޑް ބަޓަރ (މަޑުކޮށްފައި)

4 ޖޯޑު މުގުރާފައި ހުރި ހަކުރު

1/4 ޖޯޑު ބުރޫޑް ކޮފީ (ފިނި ކޮށްފައި)

2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑަރ

1 ސައިސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

1) ބޮޑު ތައްޓެއްގެ ތެރޭގައި، ހަކުރު، ފުށް، ކޮކޯ ފައުޑަރ، ބޭކިންގ ޕައުޑަރ، ބޭކިންގ ސޯޑާ، އަދި ލޮނު އެކުލަވާލާށެވެ.

2) ބިސް، ކޮފީ، ތެޔޮ، ވެނިލާ އެސެންސް ފުށް މިކްސްޗަރ އަށް އެޅުމަށްފަހު، ރަނގަޅަށް މިކްސް ކޮށްލާށެވެ.

3) 9 އިންޗީގެ ދެ ޓްރޭގައި ބަޓަރ އުނގުޅާލުމަށްފަހު ކޭކު މިކްސް އެއްވަރަށް ބަހާލައި، ޓްރޭއަށް އަޅާލާށެވެ.

4) ދެން އަވަނަށް ލައި 175 ޑިގްރީ ސެލްސިއަސްގައި ގާތްގަނޑަކަށް 30-35 މިނެޓްވަންދެން ކޭކު ފިހެލާށެވެ.

5) ފްރޮސްޓިން ހެދުމަށް ތައްޓަކަށް ބަޓަރ އެޅުމަށްފަހު، ހޭންޑް މިކްސްސަރަކުން، ބަޓަރ ކްރީމީ ވާންދެން މިކްސް ކޮށްލާށެވެ. ދެން މަޑު މަޑުން ހަކުރު، ކޮފީ އަދި ކޮކޯ ޕައުޑަރ އަޅަމުން އެކުލަވަމުންދާށެވެ. ފްރޮސްޓިން އެއްކޮށް ސްމޫތް ވުމުން ވެނިލާ އެސެންސް އަޅާލުމަށްފަހު އެކުލަވާލާށެވެ.

6) ދެން ފިހުނު ކޭކު އެއްކޮށް ހިހޫ ވުމުން އެއް ކޭކުގެ މަތީގައި ފްރޮސްޓިން އުނގުޅާލުމަށްފަހު، އޭގެ މަތީގައި އަނެއް ކޭކު ބާއްވާށެވެ. މަތީބޭއްވި ކޭކުގެ މަތީ ގަޔާއި އަރިމަތީގައުވެސް ފްރޮސްޓިންގ ރަނގަޅަށް އުނގުޅާލާށެވެ. ކޮފީ ކޭކު އެހުރީ ތައްޔާރު ވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...