މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަނީ!
ގދ.އަތޮޅުގައި އޮންނަ ރަަފެލްސް މޯޯލްޑިވްސް ރިސޯޓް އިން މިއަދު ހެނދުނު ކަޔަކްގައި މޫދަށް ފޭބި ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ބިދޭސީއަކު ގެއްލިގެން އުޅޭ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ގެއްލިގެން ހޯދަމުންދާ ބިދޭސީ މީހާއަކީ ރިސޯޓް ދޯނީގައި މަސައްކަތް ކުރާ ބަންގްލަދޭޝް މީހެއް ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
ފުލުހުން ބުނީ، އެމީހާ ގެއްލިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު 15:30 ހާއިރު ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް