ގެއްލިގެން ހޯދަމުންދިޔަ ޝައިމް ފެނިއްޖެ
ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލިގެން ހޯދަމުންދިޔަ ޝައިމް އަބްދުﷲ (14އަހަރު) ފެނިއްޖެއެވެ.
އޭނާ ފެނުނީ މާލޭގެ ގެއަކުންކަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ޓްވިޓަރ މެދުވެރިކޮށް ކަށަވަރުކޮށްދެއްވާފައެވެ.
އެގެއަށް ފުުލުުުހުން ވަނީ ގަދަކަމުން ކަމަށްވެސް ސީޕީ ފާހަގަކުރެއްވިއެވެ.
އުމުރުން 14 އަހަރުގެ ޝައިމް ގެއްލިގެން ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ކުރަން ފަށާފައިވަނީ މިދިޔަ ޖޫންމަހުގެ 18 ވީ އަންގާރަ ދުވަހުއެވެ.
މީގެކުރިން ފުލުހުންނާއި ޖެންޑާއިންވެސް ޝައިމް ފިލީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއިންކަން ބުނެފައެއް ނުވެއެވެ.
އެ މިނިސްޓްރީގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރުމުން މިނިސްޓްރީން ވަނީ އެއީ ކުޑަކުދިންގެ ހިޔާއާއި އެއް ކޮންޕައުންޑެއްގައި ހުންނަ އަމާން ހިޔާއިން ގެއްލުނު ކުއްޖެއްކަމަށް ބުނެފައެވެ. އަދި ޝައިމް ގެއްލުނީ އެސެސްމަންޓެއް ހެދުމަށް އެތަނުގައި ހުއްޓާކަމަށް ބުންްޏެވެ.
ނަމަވެސް ކޯޓު އަމުރުގައި ބުނެފައިވަނީ ޝައިމް ގެއްލުނީ ކުޑަކުދިންގެ ހިޔާއިން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް