"ސްޓްރީޓް ޑާންސަރ ޑީ ތްރީ"ގެ ދެވަނަ ޝެޑިއުލްގެ މަސައްކަތް ފަށައިފި
"ސްޓްރީޓް ޑާންސަރ ޑީ ތްރީ"ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިން ލަންޑަނުގައި ފަށައިފިއެވެ.
އެކަން ހާމަކޮށް އެފިލްމުގެ ލީޑްރޯލުން ފެނިގެންދާ ޝްރަދާ ވަނީ އެފިލްމު އުފައްދާ ފަރާތް ކަމުގައިވާ ރެމޯ ޑި ސޫޒާއާއެކު ނަގާފައިވާ ފޮޓޯ އެއް އިންޓަރގްރާމް ކޮށްފައެވެ.
އެ ފޮޓޯގެ ކެޕްޝަންގައި ޝްރަދާ ބުނެފައިވަނީ "ސްޓްރީޓް ޑާންސަރ ޑީތުރީ"ގެ ދެވަނަ ޝެޑިއުލްގެ ޝޫޓިންތައް ފެށުމަށް ލަންޑަނަށް ދާކަމަށެވެ.
އެފިލްމުގައި ޝްރަދާއެކު ފެނިގެންދާ ވަރުން ދަވަންވެސް ވަނީ ލަންޑަންގައި ނަގާފައިވާ ފޯޓޯތަކެއް "#އެސްޑީތްރީ" ގެ ނަމުގައި ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
"ސްޓްރީޓް ޑާންސަރ ޑީ ތްރީ" އަކީ ރެމޯޑިސޫޒާ އުފައްދަމުން އަންނަ ޑާންސް ސީރީޒްގެ ތިންވަނަ ފިލްމެވެ. އެގޮތުން އެ ސީރީޒްގެ ދަށުން އެންމެ ފުރަތަމަ އުފައްދާފައިވަނީ "އޭބީސީޑީ" އެވެ އެއަށްފަހު "އޭބީސީޑީ ޓޫ" ރެމޯވަނީ އުފައްދާފައެވެ. އެ ދެފިލްމަށްވެސް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު " އޭބީސީޑީ ޓޫ" ވެގެން ދިޔައީ ޑާންސް ފިލްމަކަށް އެންމެ ގިނަ އާމްދަނީ ހޯދި ބޮލީވުޑު ފިލްމަށެވެ. އެފިލްމުގައި ވެސް ލީޑްރޯލުން ފެނިގެން ގޮސްފައިވަނީ ވަރުން އަދި ޝްރަދާއެވެ.
އޭބީސީޑީގެ ފިލްމުތަކުގައި އެންމެ މުހިންމު ރޯލެއް އަދާކުރަނީ އިންޑިއާގެ ނަން މަޝްހޫރު ޑާންސަރ އަދި ކޮރެއޯގްރަފަރުންނެވެ.
އެގޮތުން މި ފިލްމުންވެސް އެތަރިން ފެނިގެންދާނެ ކަމަށް ރެމޯ ބުނެފައިވެއެވެ. އޭބީސީޑީ ފްރެންޗައިޒްގެ ތިންވަނަ ފިލްމުކަމުގައިވާ "ސްޓްރީޓް ޑާންސަރ ޑީތުރީ" ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހުގައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް