N/A
N/A
ހަބަރު 21 Apr 2019 | 17:40

މަޖީދިއްޔާއަށް 92 އަހަރު ފުރުން ފާހަގަކޮށްފި

ލިޔުނީ: ހުސައިން އަރުބާން ފައްވާޒް

ރަންހާރުތަކެއް ފަދައިން ގަތާލެވިފައި މިވާ ރާއްޖޭގެ ކޮންމެ ހިސާބެއްގެ މީހަކަށްވެސް މަޖީދިއްޔާއޭ ބުނުމުން ނޭނގި ނުހުންނާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. މަޖީދިއްޔާއަކީ ރާއްޖޭގައި ބިނާކުރެވުނު އެންމެ ފުރަތަމަ މަދުރަސާ ކަމުގައި ވާއިރު މިމަހުގެ 19 ވަނަ ދުވަހަކީ މަޖީދިއްޔާގެ ފަލަ ސުރުހީ ތަކުގައި ފަވާލެވިގެންދާ އެއްދުވަހެވެ. އެއީ އެ މަދުރަސާގެ އަހަރީ ދުވަހެވެ. މަޖީދިއްޔާއަށް 92 އަހަރު ފުރުނު ދުވަހެވެ. ކަންދިމާކުރި ގޮތުން އަހަރީ ދުވަސް ދިމާވެފައި ވަނީ ސަރުކާރު ބަންދު ދުވަހަކަށެވެ. ވުމާއެކު ސްކޫލްގެ މެނޭޖްމެންޓްއަށް ވަނީ އެދުވަހު، ސްކޫލް އަހަރީ ދުވަސް ފާހަގަކުރެވޭގޮތް ނުވެފައެވެ.

މަޖީދިއްޔާގެ އަހަރީ ދުވަސް 21 އޭޕްރީލް 2019 ވާ އާދީއްތަ ދުވަހުގައި ވަނީކުލަ ގަދަކޮށް ފާހަގަ ކޮށްފައެވެ. ސްކޫލްތެރެ ޒީނަތްތެރި ކުރެވިފައިވާއިރު ސްކޫލްގެ ހޯލުތެރެވެސް ވަނީ ވަރަށް ފުރިހަމައަށް ތައްޔާރު ކުރެވިފައެވެ. ސްކޫލް ގެ ބާނީ، އަލްމަރްހޫމް މަޖީދު ރަންނަ ބަނޑޭރިފާނާއި، އަލްމަރްހޫމް އަމީން ދީދީ ގެ އިތުރުން މަޖީދިއްޔާގައި ކުރީގައި ޕްރިންސިޕަލް ކަން އަދާކުރި ގިނަ ބޭފުޅުންގެ ފޮޓޯތައްވެސް ވަނީ ޑިސްޕްލޭ ކުރެވިފައެވެ. ހަމަ އެއާއެކު ސްކޫލްއަށް ލިބިފައި ވާ ފޮނި ކާމިޔާބީތަކުގެ ޓްރޮފީތައްވެސް ވަނީ ހޯލް ތެރޭގައި އަތުރާލެވިފައެވެ.

މީގެ އިތުރުން މަޖީދިއްޔާއާއި ބެހޭގޮތުން ލިޔެވިފައިވާ އެކި އެކި ލިޔުންތަކާއި، މަޖައްލާތަކުގެ އިތުރުން ކެޕްސޫލްއިން ރިކަވަރ ކުރެވުނު ބައެއް ތަކެތި ވެސް ވަނީ ފެންނަ ގޮތަށް ހޯލުގައި ޑިސްޕްލޭ ކުރުވިފައެވެ.

މިއަދުގެ ހެނދުނު ދަންފަޅީގެ ޝެޝަން ފެށިގެން ދިޔައީ މާސް އެސެންބިލީ އަކުންނެވެ. މިއެސެންބްލީ ޝަރަފުވެރި ކޮށްދީފައި ވަނީ އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީއެވެ. މި އެސެންބްލީގައި ސޫކްލް ގެ ޕްރިންސްޕަލާއި އިސްބޭފުޅުންގެ އިތުރުން ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދުއާއި މިހާރުގެ އެޑިޔުކޭޝަންގެ ނައިބު އަދި ކުރީގެ މަޖީދިއްޔާ ސްކޫލް ގެ ލޮބުވެތި ދެޕިއުޓީ ޕްރިންސިޕަލް ޝަރުމާ މެޑަމް ވެސް ބައިވެރި ވެފައި ވެއެވެ.

މި އެސެންބްލީގެ ޝަރަވެރި މެހެމާން އެޑިޔުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވެފައި ވަނީ "ފިނިފެންމަލުގެ ދާނުގައި އަޅުގަނޑުމެން އަރާމުކުރަން އޮށްވައި އަޅުގަނޑުމެންނަށް ފެންނާނީ އެހެން ސްކޫލްތައް ކުރިއަރައި ދާތަން ކަމުގައެވެ." އަދި އެޔާއެކު " މާޒީގެ ފަޙުރުވެރި މޮޅުކަން ވާންޖެހޭނީ މުސްތަގްބަލްގައި އެއަށްވުރެ މަތިވެރި ކާމިޔާބީއެއް ހާސިލްކުރުމަށް ހިއްވަރެއް ކަމުގައެވެ."

އެކަމަނާގެ ވާހަކަ ފުޅަށްފަހު ދެން ވާހަކަ ދެއްކެވީ ސްކޫލް ގެ ޕްރިންސްޕަލް އައިޝަތު ސޯލިހެވެ. ޕްރިސްޕަލްގެ ވާހަކާގައި މަޖީދިއްޔާ މަޖީދިއްޔާގެ ގޮތުގައި ދެމި އޮތުމަށް މަޖީދިއްޔާއިން ނަގައިފައިވާ ބައި ( ދަރުމަވަންތަ ބާފަޅި) އަބުރާ އަލުން މަޖީދިއްޔާ ލިބޭނޭ ގޮތް ހައްދަވާ ދިނުމަށް އެކަމަނާ އިއުތިމާސް ކުރައްވާފައި ވެއެވެ.

ހެދުނު ދަންފަޅިއެކޭ އެއްގޮތަށް މެންދުރު ދަންފަޅީގައި ވެސް ހާއްސަ ބޮޑު އެސެންބްލީއެއް ބޭއްވިގެން ދިޔައެވެ. މިއެސެންބްލީ ޝަރަފުވެރި ކޮށްދެއްވީ މިހާރުގެ އެޑިޔުކޭޝަންގެ ނައިބު އަދި ކުރީގެ މަޖީދިއްޔާ ސްކޫލް ގެ ލޮބުވެތި ދެޕިއުޓީ ޕްރިންސިޕަލް ޝަރުމާ މެޑަމްއެވެ. އެކަމަނާގެ ވާހަކަ ފުޅުގައި މިހާރުގެ މަޖީދިއްޔާގެ ޕްރިންސްޕަލްގެ ފަރާތުން ކުރީގައި މަޖީދިއްޔާގައި މަސައްކަތް ކުރައްވަމުން އައިރު އެތައް މުހިންމު ފިލާވަޅުތަކެއް ދަސްވެފައި ވާކަމާށާއި، އެކަމަނާގެ އުންމީދަކީ މި ޝަރަފުގެ ހިޔާ މުސްތަގްބަލް ގައި ވެސް ހަމަ އެފަދަ ޝަރަފުވެރި ރަން ވަނަތައް ހޯދާ މިއަދުގެ މުޖްތަމައުގައި ގަދަރާއި އިއްޒަތް ލިބިގެންވާ މޮޅު ކުދިންތަކެއް މުޖްތަމައުއަށް ނެރޭ ސްކޫލްއަކަށް ހެދުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވިދާޅު ވިއެވެ. އަދި ހަމަ އެބީދާގައި މަޖީދިއްޔާގެ ވިސަންގައި ވާ ގޮތުގެ މަތިން ދަރިވަރުން ގެއަހްލާގާއި ސްލޫގު ބައްޓަން ކުރުމަށް ގޮވާލިއެވެ.

މިއަދުގެ އެސެންބްލީގައި ސްކޫލްގެ ބޭންޑް ސްކޫލް ލަވަ އާއި ގައުމީ ސަލާމް ކުޅެފައިވެއެވެ. ހަމަ އެޔާއެކު ކެޑޭޓް ކުދިން ދިދަނެގުމުގެ ރަސްމީޔާތެއްވެސް ކުރިޔަށް ގޮސްފައި ވެއެވެ. މީގެ އިތުރުން ސްކޫލް ކުދިންގެ ފަރާތުން ހުށައެޅުމެއްވެސް ވަނީ ތަމްސީލް ކޮށްފައެވެ. އެސެންބްލީ ނިންމާލާފައި ވަނީ ސްކޫލްއަށް 92 އަހަރު ފުރުމުގެ އުފަލުގައި ކޭކެއް ފެޅުމާއިއެކުއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...