މިޔަންމާ ބިންހެލުން: ފޮޓޯ/ އަލްޖަޒީރާ
މިޔަންމާ ބިންހެލުން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ 01 Apr 2025 | 05:29

ތައިލެންޑް މިއަންމާ ބިންހެލުން؛ މިޔަންމާއިން މަރުވި އަދަދު 2000 އިން މައްޗަށް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ހުކުރު ދުވަހު މިއަންމާއަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 2000 އަށްވުރެ އިތުރުވެއްޖެކަމަށް އެ ޤައުމުން ބުނެފިއެވެ. އަދި މި ހާދިސާއާ ގުޅިގެން އެ ޤައުމުގައި ވަނީ ހަފްތާއެއްގެ މުއްދަތަށް ޤައުމީ ހިތާމަ އިޢުލާންކޮށްފައެވެ.

ހުކުރު ދުވަހު އައި 7.7 މެގްނިޓިއުޑްގެ ބިންހެލުމާ ގުޅިގެން އިމާރާތްތަކުގެ ދަށުވެފައުވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާ ކަމަށް އެގައުމުން ބުނެއެވއ. އަދި ސަރުކާރުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 2،056 އަށް އަރާފައެވެ. އަދި 3،000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ބިންހެލުމާ ގުޅިގެން މިއަންމާ ސަރުކާރުން ވަނީ އަންގާރަ ދުވަހު އެއް މިނެޓުގެ ހިމޭންކަމޔގެ ސުކުންތެއް ބޭއްވުމަށާއި، ހަފްތާއެއްގެ މުއްދަތަށް ޤައުމީ ހިތާމައެއް ފާހަގަކުރުމަށް ނިންމާފައެވެ.

އދ. އިން ބުނެފައިވާ ގޮތުގައި މި ބިންހެލުމުގެ ސަބަބުން "މިޔަންމާގެ ހާލަތު އިތުރަށް ގޯސްވެގެން ދިޔަ" ކަމަށެވެ.

މި ބިންހެލުމުގައި އަވައްޓެރި ތައިލެންޑުގައި މަދުވެގެން 20 މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ބެންކޮކްގައި ވެއްޓިފައިވާ އުސް އިމާރާތެއްގެ ދަށުގައިވާ ގާތްގަނޑަކަށް 74 މަސައްކަތްތެރިން ސަލާމަތްކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ބުނެފައިވެއެވެ. ނަމަވެސް، އިމާރާތް ވެއްޓުނުތާ އެތައް ގަޑިއިރެއް ވެފައިވާތީ ދިރިހުރި އެއްވެސް މީހެއް ފެންނާނެ ކަމުގެ އުއްމީދި ނެތް ކަމަށް ސަލާމަތްކުރުމުގެ މަސައްކަތް ކުރާ މީހުން ބުނެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް