ފިޔަވަތީގެ ފުރާޅުމައްޗަށް ކުދިންތަކެއް އަރައިއުޅޭ ފޮޓޯތަކެއް އާންމުވެއްޖެ
ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ ތިރީ ފުރާޅުމައްޗަށް އެތަނުގައި އުޅޭ ކުދިންތަކެއް އަަރައި އުޅޭ ފޮޓޯތަކެއް އާންމުވެއްޖެއެވެ.
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 12 އަހަރުން ދަށުގެ ކުދިން ބައިތިއްބާ މި މަރުކަޒުގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.
އެގޮތުން އޭގެން އެއް ކުއްޖަކު އެތަނުގައި ހުރެ އެއްޗެހި އުކައި ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އެކުދިން އެތަނުގެ ފެންސްމަތިން އަރައިގެން މަގުމައްޗާއި ދިމާލަށް ތިބޭ ތަނާއި، ދެ ފުލުހަކުވެގެން އެ ކުއްޖަކު އަތުލަފިކޮށްގެން ގެންދާ މަންޒަރު ވަނީ އާންމުވެފައެެވެ.
މިކަމާއި ގުޅިގެން ޖެންޑާ މިނިސްޓްރީގެ މީޑިޔާ އޮފިޝަލް ވިދާޅުވީ އެފަދަ ހާދިސާއެއް މިއަދު ފިޔަވަތީގައި ހިނގާފައިވާ ކަމަށާއި އެފަދަ ހާދިސާތައް މަދު މަދުން ނަމަވެސް ހިނގަމުން ދާތީ އެފަދަ ހާދިސާތައް ހުއްޓުވުމަށް އަދި ތަކުރާރު ވިޔަ ނުދިނުމަށްޓަކައި މިނިސްޓްރީން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.
އަދި މިކަން ހުއްޓުމަށް ކަމާއި ގުޅުން ހުރި މިނިސްޓްރީތަކާއެކު މަސައްކަތް ކުރަމުންދާކަމަށް އޮފިޝަލް ވަނީ ވިދާޅުވެފައެވެ.
މިކަމުގައި އެ ކުއްޖާ އަތުލަފިކޮށްގެން ފުލުހުން ގެންދިއުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ފުލުހުންނަށް އަމާޒުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް