ފުވައްމުލަކު ކުނިގޮނޑުގައި އަލިފާން ރޯވެއްޖެ
ފުވައްމުލަކު ސިޓީގެ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފްއިން މައުލޫމާތު ދޭގޮތުގައި މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހެނދުނު 9:48ހާއިރުގައެވެ.
މި ހާދިސާ ހިނގިކަމުގެ ރިޕޯޓް ލިބުމާއި އެކު ފުވައްމުލަކު ފަޔަރ ސްޓޭޝަނުން އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައިވާކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
ފުވައްމުލަކު ކުނިގޮނޑުގައި މީގެ ކުރިންވެސް ވަނީ ރޯވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް