މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއް މާރާމާރީ ހިންގައިފި؛ އެކަކަށް ހޮސްޕިޓަލްގައި ފަރުވާދެނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ ކެފޭއެއް ތެރޭ ބިދޭސީންތަކެއްގެ މެދުގައި މިއަދު މަރާމާރީއެއް ހިންގައިފި އެވެ.
ފުލުހުން ބުނީ، މާވެޔޮ މަގުގައި ހުންނަ ކެފޭއެއް ތެރޭ މާރާމާރީ ހިންގި ކަމުގެ ރިޕޯޓު މިއަދު މެންދުރު 12:10 ހާއިރު ލިބުފައިވާ ކަމަށެވެ.
މި މާރާމާރީ ހިންގީ ބިދޭސީން ތަކެއް ނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއްގެ މެދުގައި ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ބުނީ، މާރާމާރީއާއި ގުޅިގެން އަނިޔާވި ބިދޭސީ މީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
އެ މާރާމާރީ ހިންގި ތަނުގެ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވަމުންދާއިރު، އެއިން ފެންނަ ގޮތުން، މާރާމާރީގެ ސަބަބުން ބިދޭސީ ފިރިހެނަކު ވަރަށް ބޮޑަށް ޒަހަމްވެ، އޭނާ ލައިގެން ހުރި ޓީޝާޓުގެ އިތުރުން، އޭނާގެ އަތް އަދި ބިންމަތީގައި ވެސް ބައިވަރު ލޭ ހުއްޓެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް