ލިޓަސްއިން ހިސާނަށް ސައިކަލެއް ހަދިޔާކޮށްފި
ދިވެހިރާއްޖެއަށް ފުޅާ ދާއިރާއެއްގައި މޮޓޯ ސައިކަލް އެތެރެ ކުރާ ކުންފުންޏެއްކަމުގައިވާ ލިޓަސް އިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި ވަކާލާތުކުރާ ފަރާތެއްކަމުގައިވާ އަހުމަދު ހިސާނަށް ސައިކަލެއް ހަދިޔާކޮށްފިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހިސާނަކީ އޭނާގެ ސައިކަލުން ނުކުޅެދުންތެރިކަން ހުންނަ ފަރާތް މިސްކިތަށާއި ހޮސްޕިޓަލަށްވެސް ހިލޭ ސާބަހަށް ގެންގޮސްދޭ ފަރާތެކެވެ.
ލިޓަސްއިން ބުނީ ހިސާންގެ ސައިކަލު ވިއްކާލައި، އެހެން ފަރާާތްތަކުގެ އަތުން ސައިކަލު ނަގައިގެން ކުދިން ތަންތަނަށް ގެންގޮސްދޭ ކަމުގެ މައުލޫމާތު ލިބުމުން އެކުންފުނިން އޭނާއަށް ސައިކަލެއް ދޭން ބޭނުންވިކަމަށެވެ. އަދި މި ސައިކަލުގެ އެހީގައި ހިސާންގެ ފަރާތުން އިންސާނިއްޔަތަށް ޚިދުމަތްކޮށްދިނުމުގައި ދެމި ހުންނާނެކަމަށް އުންމީދުކުރާ ކަމަށްވެސް ވަނީ ބުނެފައެވެ.
ލިޓަސް އަކީ މީގެ ކުރިންވެސް ހިލޭ ސާބަހަށް ގިނަ ފަރާތްތަކަކަށް އެހީތެރިވުމުގައި ނަމޫނާ ދައްކާފައިވާ ކުންފުންޏެކެވެ. އެގޮތުން ދާދިފަހުންވެސް ލިޓަސްއިން ވަނީ ހިލޭ ސައިކަލް ހެލްމެޓް ބަހާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް