21 ވަނަ ބީއެމްއެލްގެ އިންޓަ ސްކޫލް ސްވިމިން މުބާރާތް ނިންމާލައިފި
21 ވަނަ ބީއެމްއެލް އިންޓަ ސްކޫލް ސްވިމިން މުބާރާތް އިއްޔެ ނިންމާލައިފިއެވެ.
ހަ ދުވަހަށް ކުރިއަށް ދިޔަ މި މުބާރާތް ބާއްވާފައި ވަނީ ހުޅުމާލޭ މިނީ ސްޕޯޓްސް ކޮމްޕްލެސް ސްވިމިން ޕޫލްގައެވެ.
މި އަހަރުގެ މުބާރާތުގައި 18 ސްކޫލަކުން 12 އަހަރާއި 18 އަހަރާ ދެމެދުގެ 365 ދަރިވަރުން ބައިވެރިވިއެވެ. މި ދަރިވަރުން ބައިވެރިވީ ފްރީސްޓައިލް، ބެކްސްޓްރޯކް ، ބްރެސްޓްސްޓްރޯކް އަދި ބަޓަފްލައި ފަދަ ތަފާތު އިވެންޓްތަކުގައެވެ.

މި މުބާރާތުން ވަނަ ހޯދި ދަރިވަރުންނަށް އިއްޔެ ބޭއްވި މުބާރަތް ނިންމުމުގެ ރަސްމިއްޔާތުގައި ވަނީ އެވޯޑު ހަވާލުކޮށްފައެވެ.
ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ސްވިމިން އެސޯސިއޭޝަނާއެކު އެކްސްކްލޫސިވް ޕާޓްނާޝިޕެއް ޤާއިމުކޮށް، އެ ކުޅިވަރު ތަރައްގީކުރުމުގެ ބައިވެރިއެއްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި އަހަރު ބޭންކުން ވަނީ ސްވިމިންގ އެސޯސިއޭޝަނާއެކު ގާއިމުކޮށްފައިވާ ޕާޓްނާޝިޕް އިތުރު 3 އަހަރުގެ މުއްދަތަކަށް އައުކޮށް، ރާއްޖޭގައި ކުޅިވަރު ކުރިއެރުވުމަށް ބޭންކުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް