އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އެފްއޭއެމް އެވޯޑްސްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް މާޒިޔާއަށް ކުޅެމުން އަންނަ އަހްމަދު އައިހަމް (ފަތޯ) އާއި އޮޑި ސްޕޯޓްސް ކްލަބްގެ ފާތިމަތު ސާލިޔާ ހޯދައިފިއެވެ.
އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ފަތޯ ހޯދިއިރު މި އެވޯޑަށް އޭނާ އާއެކު ވާދަކޮށްފައިވަނީ، ނިއުރޭޑިއަންޓްގެ އަލި ފާސިރު (ސެންޓޭ) އާއި މާޒިޔާގެ ހަމްޒާގެ އިތުރުން އިބްރާހިމް މަހުދީ އާއި ބުރުގެ މުހައްމަދު ނައިމްއެވެ.

އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އެންމެމޮޅު ފުޓްސަލް ކުޅުންތެރިޔާގެ އެވޯޑް ދީފައިވާއިރު، މި އެވޯޑް ލިބިފައިވަނީ، ފުޓްސަލް ޓީމުގެ ކެޕްޓަން މުހައްމަދު އިމްރާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް