ޗޮކޮލެޓް ޗީޒް ކޭކު
ޗޮކޮލެޓް ޗީޒް ކޭކު
ލައިފްސްޓައިލް 14 Mar 2025 | 05:10

މިއޮތީ ފިހަން ނުޖެހޭ ޗޮކޮލެޓް ޗީޒް ކޭކު ތައްޔާރު ކުރާނެގޮތް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ޗީޒް ކޭކަކީ އަހަރެމެންގެ ތެރެއިން ގިނަ މީހުންނަށް ވަރަށް ކަމުދާ ފޮނި ބާވަތެކެވެ. އެހެންކަމުން މިއަދު މި ގެނެސްދެނީ ފިހަން ނުޖެހޭ ޗީޒް ކޭކުގެ ރެސިޕީއެވެ.

ބޭނުންވާ ތަކެތި

200ގ އޯރިއޯ ބިސްކޯދު (ކްރީމް ގަނޑު ނަގާފައި)

1/4 ޖޯޑު މެލްޓެޑް ބަޓަރ

2 ޖޯޑު ކްރީމް ޗީޒް

2/3 ޖޯޑު ހިމުންކޮށްފައި ހުރި ހަކުރު

1 ސައި ސަމުސާ ވެނީލާ އެސެންސް

250ގ ޑާކް ޗޮކޮލެޓް (ޗޮޕް ކޮށްފައި)

1 ޖޯޑު ހެވީކްރީމް

150ގ މިލްކް ޗޮކޮލެޓް (ޗޮޕް ކޮށްފައި) (މަތީ ލެޔަރ ހެދުމަށް)

1/2 ޖޯޑު ހެވީ ކްރީމް (މަތީ ލެޔަރ ހެދުމަށް)

ތައްޔާރު ކުރާނެ ގޮތް

1) އޯރިއޯ ބިސްކޯދުތައް މިކްސްސަރަށް އަޅައި ހިމުން ކޮށްލާށެވެ. ހިމުން ވުމުން މެލްޓެޑް ބަޓަރ އަޅައިގެންވެސް މިކްސް ކޮށްލާށެވެ. ދެން ޗީޒް ކޭކު އަޅާ ޓްރޭއަށް އެޅުމަށްފަހު ރަނގަޅަށް އޮއްބައި ބިސްކޯދުތައް އެއްވަރު ކޮށްލާށެވެ. އަދި 30 މިނެޓް ވަންދެން ފްރިޖަށް ލައި ފިނި ކޮށްލާށެވެ.

2) ޗީޒް ކޭކު ހަދަން، ހެންޑް މިކްސަރަކުން ކްރީމް ޗީޒް، ހަކުރު އަދި ވެނީލާ އެސެންސް ރަނގަޅަށް، ފްލަފީ ވަންދެން އެކުލަވައިލާށެވެ. ދެން ޑާކް ޗޮކޮލެޓް މެލްޓްކުރުމަށްފަހު އެ މިކްސްޗަރ ތެރެއަށް އަޅައި އެކުލަވާލާށެވެ.

3) އެއަށްފަހު އިތުރު ތަށްޓެއްގައި ހެންޑް މިކްސަރ ބޭނުންކޮށްގެން ހެވީ ކްރީމް ކޮޅު މެދުމިނަށް ވިޕް ކޮށްލާށެވެ. ދެން ސަމުސަލަކުން ކްރީމް ޗީޒް މިކްސްޗަރ އާއި ވިޕިން ކްރީމް ރަނގަޅަށް އެކުލަވާލާށެވެ.

4) ކްރީމްޗީޒް މިކްސްޗަރ، ކުރިން ތައްޔާރު ކުރި އޯރިއޯ ކްރަސްޓަށް އަޅައި އެއްވަރުކޮށްލާށެވެ. އެއަށްފަހު ގަޑިއިރެއް ވަންދެން އެ ފިނިކުރަން އައިސް އަލަމާރިއަށް ލާށެވެ.

5) ދެން އެންމެ މަތީ ލެޔަރ ހެދުމަށް މިލްކް ޗޮކޮލެޓްގެ ތެރެއަށް ހޫނު ކޮށްފައި ހުރި ހެވީކްރީމް އަޅައި ޗޮކޮލެޓް މެލްޓް ކޮށްލާށެވެ. އެއްކޮށް މެލްޓު ވުމުން، ޗީޒްކޭކު މިކްސްޗަރ މައްޗަށް އަޅައި އެއްވަރު ކޮށްލުމަށްފަހު 4 ވަރަކަށް ގަޑިއިރު ފިނިކުރަން ފްރިޖަށް ލާށެވެ. ޗީޒްކޭކު އެހުރީ ތައްޔާރު ވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...