N/A
N/A
ހަބަރު 17 Dec 2019 | 17:19

ވައިކަރަދޫ އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް އައިޖީއެމްއެޗްގައި ފަރުވާ ދޭންފަށައިފި

އިއްޔެ ހަވީރު 5:30 ހާއިރު ހދ. ވައިކަރަދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ދެމީހުން އިތުރު ފަރުވާއަށް މާލެ ގެންގޮސް، އައިޖީއެމްގައި ފަރުވާ ދޭން ފަށައިފިއެވެ.

''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ކުޅުދުއްފުށީ ހޮސްޕިޓަލުން މިއަދު މާލެ ގެނައި ދެމީހަކަށް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާކަމަށެވެ.

އޭނާ ވިދާޅުވީ ހާލުބޮޑު ދެ މީހަކު އައިޖީއެމްއެޗަށް ގެނައީ މިރޭ 6:45 ހާއިރު ކަމަށާއި ދެ މީހުންނަށްވެސް އެމަޖެންސީގައި ފަރުވާދެމުންދާކަމަށެވެ. ލިބިފައިވާ އަނިޔާގެ ތަފްސީލު ޑޮކްޓަރުން ހާމަނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

''ޑޮކްޓަރުން މިހާރު ދަނީ ބަލަމުން. އަދި އިތުރު އެއްވެސް އެއްޗެއް ޑޮކްޓަރުން ވިދާޅެއް ނުވޭ.'' އޮފިޝަލު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލު ހިންގުމާއި ހަވާލުވެ ހުންނެވި އަހުމަދު ދާއޫދު މިއަދު މެންދުރު ވިދާޅުވީ، އެކްސިޑެންޓްވި ދެމީހުންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށެވެ. އޭނާއަށް އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުންދާ ކަމަށް ވިދާޅުވިއެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހާގެ ސީޓީ ސްކޭނެއް ހެދިއިރު، ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށްވެސް އަހުމަދު ވިދާޅުވިއެވެ.

އިއްޔެ ހަވީރު ހިނގި މިއެކްސިޑެންޓްގައި ބޮޑަށް އަނިޔާވެފައިވަނީ ހދ. ވައިކަރަދޫ ފެމޯރާ، 48 އަހަރުގެ މުހައްމަދު ޒާހިރަށެވެ. އެކްސިޑެންޓްވި ދެވަނަ މީހަކީ ހދ. ވައިކަރަދޫ 20 އަހަރުގެ ވިޔާމު ވަހީދެވެ.

މަންޒަރު ދުށް މީހަކު ''ވޮއިސް'' އަށް މައުލޫމާތު ދެމުން ބުނީ، މިއެކްސިޑެންޓް ހިނގާފައިވަނީ، ސުލައިމާނިއްޔާ ސުކޫލު ކުރިމަތީގަ ކަމަށެވެ. ބާރު ދުވެލީގައި ދުއްވާފައި ދިޔަ ސައިކަލު ޖެހި، ދެވަނަ ސައިކަލުގައި އިން ޒާހިރު ވިއްސައިގެން ގޮސް، ތެޅިގަލުން ރާނާ، ސިމެންތި ނުޖަހާ ހުރި ފާރެއްގައި ބޯޖެހިފައި ވެއެވެ. ބޮލުގައި ހުރި އިސްތަށިތައް ފާރުގައި ހުރި ކަމަށް މަންޒަރު ދުށް މީހުން ބުންޏެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ޒާހިރުއަށް ފަރުވާ ދިނުމަށްފަހު އޭނާ މާލެ ގެނައި އިރު، އަދިވެސް އޭނާ ހޭނާރައެވެ.

ވައިކަރަދޫ ސިއްހީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުލްހަމީދު، ''ވޮއިސް'' އަށް ވިދާޅުވީ، އެކްސިޑެންޓުވުމާއެކު، ސިއްހީ މަރުކަޒަށް ގެނައި އިރުވެސް ހޭނެތިފައިވާކަމަށެވެ. އަދި އަނގަޔާއި ނޭފަތާއި ކަންފަތުން ލޭއައިސް، ބޯ ފަޅައިގެން ގޮސްފައިވާކަމަށް ހަމީދު ވިދާޅުވިއެވެ.

ފުލުހުން ބުނީ، ވައިކަރަދޫގައި ހިނގި އެކްސިޑެންޓުގެ މައްސަލަ ފުލުހުން ބަލަމުންދާކަމަށެވެ. ސައިކަލު ދުއްވި ދެމީހުންގެ އަތުގައިވެސް ލައިސަންސެއް ނޯވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...