ލ.ގަމުގައި ީމުސްކުޅި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފި
ލ. ގަމުގައި މުސްކުޅި މީހަކު ރަހީނުކޮށް ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ ދެވަނަ ދުވަހުގެ ރޭ ގްރޫޕަކުން ލ. ގަމުގެ 44 އަހަރުގެ މީހަކު ރަހީނުކޮށް، ތޫނު އެއްޗަކު ބިރުދެއްކުމަށް ފަހު 8،900 ރުފިޔާ އޭނާގެ އަތުން ވަނީ ފޭރިގެންފައިއެވެ. އަދި އޭގެ ފަހުން މި ގްރޫޕުން އަނެއްކާ ވެސް އެމީހާޔަށް ބިރު ދައްކައި އިތުރު ފައިސާތައް އޭނާއަތުން ވަނީ ހޯދުމަށް ވަނީ މަސައްކަތް ކޮށްފައިއެވެ.
ފުލުހުން ވަނީ މިކަމާއި ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި އެކަމާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައި ދެވަނަ ފަހަރަށް ފައިސާއަށް އެދުމުން، އެ ފައިސާތަކާ ހަވާލުވާން، ލ. ގަމު ޕްރޮވިންސް އޮފީސް ކައިރިއަށް އައި ދެ މީހުންގެ ތެރެއިން އެކަކު ވަނީ ހައްޔަރުކޮށްފައިއެވެ. އަދި ދެވަނަ މީހާ، ސައިކަލަކަށް އަރައިގެން އެތަނުން ފިލާފައިވާ ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށް ވެސް އެއިދާރާއިން ވަނީ މައުލޫމާތު ދެއްވާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް