އެމްޓީސީސީގެ ހިއްސާދާރުންގެ ފައިސާއަށް އިހްމާލުވި މައްސަލައެއް، ތަހުގީގު ފަށައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) ގެ ހިއްސާދާރުންގެ ފައިސާއަށް އިހްމާލުވެފައިވާ މައްސަލައެއް ފެންމަތިވެ ތަހުގީގެއް ފަށައިފި އެވެ.
އެކަން އެމްޓީސީސީން މިއަދު ވަނީ ހާމަކޮަށްފަ އެެވެ. އެ ކުންފުނިން ބުނީ އެމްޓީސީސީ އަކީ ހިއްސާދާރުންގެ ކުންފުންޏެއް ކަމަށާ ވޭތުވެދިޔަ އަހަރުތަކުގެ އޮޑިޓް ރިޕޯޓްތަކުގައި އެ ކުންފުނީގެ ހިއްސާދާރުންގެ ފައިސާއަށް އިހްމާލުވެފައިވާ ކަމަށް ފެންނަ ކަމަށެވެ.
އެހެން ކަމުން އެކަން ގަވާއިދުން ތަހުގީގުކޮށް ދިނުމަށް އެދި ހުށައަޅާފައިވާ ކަމަށެވެ. އަދި އިހްމާލިވި މީހުންގެ ފަރާތުން މި ފައިސާ ހިއްސާދާރުންނަށް ހޯދުމަށް އެދިފައިވާނެ ކަމަށެވެ.
އެމްޓީސީސީން ބުނީ މިކަން ތަހުގީގުކޮށް ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ މީހުން ގެނައުމަށްޓަކައި ކުންފުނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި އެކަން ހިއްސާދާރުންނަށް ޔަގީންކޮށްދޭ ކަމަށް ވަނީ ބުނެފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް