ރާއްޖޭގެ މާލީ ނިޒާމް ހަރުދަަނާކުރުމަށް އެމެރިކާއާއި އެކު މަޝްވަރާކޮށްފި
ދިވެހިރާއްޖޭގެ މާލީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭގޮތުން އެމެރިކާއާއި އެކު މަޝްވަރާކޮށްފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ޓްރެޜަރީ އާއި ޔުނައިޓެޑް ސްޓޭޓްސް އޭޖެންސީ ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް)ގެ އިސް އޮފިޝަލުންނާއި ދެމެދުގައެވެ.
މި ބައްދަލުވުން އޮތީ އެމެރިކާގެ ވެރިރަށް ވޮޝިންގްޓަން ޑީސީގައެވެ.
އެ ބައްދަލުވުމުގައި ރާއްޖޭގެ އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި މާލީ ސެކްޓަރު ކުރިއަރުވައި، އެދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައިވާ ސަފީރު އަލީ ނަސީރު މުހައްމަދާއި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް