އައްޑޫގެ އާ ހޮސްޕިޓަލަށް އެމްއާރްއައި މެޝިނެއް ގެނެސްފި
އައްޑޫ ސިޓީ ހިތަދޫގައި ހުންނަ އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރުގައި ތަރައްގީކޮށްފައިވާ އާ ހޮސްޕިޓަލަށް އެމްއާރްއައި މެޝިނެއް ގެނެސްފިއެވެ.
އެ މެޝިން އައްޑޫއަށް ގެންދެވުނީ ރޭ ފަތިހުގެ ވަގުތެއްގައި ގަން އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި ޚާއްސަ ކާގޯ ފްލައިޓަކުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ވަނީ އާ ހޮސްޕިޓަލަށް ގެނައި އެމްއާރްއައި މެޝިން ވަރަށް އަވަހަށް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށް ބުނެފައެވެ.
އާ ހޮސްޕިޓަލުން އޮގަސްޓު މަހު ތެރޭގައި ޚިދުމަތް ފަށާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އެފަރާތުން މައުލޫމާތުދެއެވެ.
އާ ހޮސްޕިޓަލް ހުޅުވުމާއެކު މިހާރު ހުންނަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ކުރިމަތިވެފައިވާގިނަ މައްސަލަތަކަށް ހައްލު ލިބިގެން ދާނެކަމަށް ސަރުކާރުން ބުނެއެވެ. އާ ހޮސްޕިޓަލަކީ ސަތޭކަ އެނދުގެ ހޮސްޕިޓަލެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް