ފ.އަތޮޅު ކައުންސިލް އިދާރާ... ފޮޓޯ: ސޯޝަލް މީޑިއާ
ފ.އަތޮޅު ކައުންސިލް އިދާރާ... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު 16 Feb 2026 | 16:18

ފ.އަތޮޅު ކައުންސިލުން ސައިފަތް އުފައްދާގޮތް ބަލާލަން ކޮޅުނބަށް ކުރި ދަތުރު ގޯސް: އޮޑިޓް

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ފ.އަތޮޅު ކައުންސިލުން ތަޖުރިބާ ހޯދުމަށް އަވައްޓެރި ސްރީލަންކާއަށް ކުރި ދަތުރަކީ، ކައުންސިލުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅިންހުރި ދަތުރެއް ނޫންކަމަށް އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްގައި ބުނެފިއެވެ.

ފ.އަތޮޅު ކައުންސިލުން ވަނީ ތަޖުރިބާ ހޯދުމަށްކަމަށް ބުނެ 2024 ވަނަ އަހަރު ސްރީލަންކާއަށް ދަތުރެއްކޮށްފައެވެ.

މި ދަތުގައި އަތޮޅު ކައުންސިލް އިދާރާ ތަމްސީލްކުރާ 2 މެމްބަރުންނާއި، ސެކްރެޓަރީ ޖެނެރަލް އާއި 17 އިދާރީ މުއައްޒަފުން ހިމެނޭ ގޮތަށް 20 މުއައްޒަފަކު ބައިވެރިވިއެވެ. އޮޑިތަރ ޖެނެރަލްގެ ރިޕޯޓްގައިވާގޮތުން 8 ދުވަހުގެ މި ދަތުރަށް ކައުންސިލްގެ ބަޖެޓުން ވަނީ، 140،971 ރުފިޔާ ހަރަދުކޮށްފައެވެ.

ދަތުރުގެ ހަރަދު.. މައުލޫމާތު: އޮޑިޓް ރިޕޯޓް

މި ދަތުރާ ގުޅޭގޮތުން އޮޑިޓް އޮފީހަށް ދީފައިވާ މައުލޫމާތުގައިވާގޮތުން މި ދަތުރުގެ މަގްސަދުތަކުގެ ތެރޭގައި މަސައްކަތާއި ގުޅޭ ތަޖުރިބާ ހޯދުމާއި، މުއައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް އެކުވެރިކަން އާލާކުރުން ހިމެނެއެވެ. ދަތުރުގައި ތަޖުރިބާކޮށްފައިވާ ކަންކަމުގެ ތެރޭގައި ސައިފަތް އުފައްދާގޮތުގެ މަސައްކަތްތަކާއި، އަޔުރްވެދިކް ބޭސްވެރިކަން ކުރާގޮތް ބެލުމާއި، ފ.އަތޮޅު ސްޓޯރަށް ބޭނުންވާ މުދާގަތުން ހިމެނެއެވެ. މީގެ އިތުރުން ކޮލަމްބޯގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތްކޮށް ފޮރިން ސަރވިސްގެ މަސައްކަތާއި ގުޅޭގޮތުން މައުލޫމާތު ހޯދުންވެސް ހިމެނެއެވެ.

ދަތުރާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް  ރިޕޯޓްގައި ބުނެފައިވަނީ، ފ.އަތޮޅު ކައުންސިލްގެ މި ދަތުރަކީ، ދައުލަތުގެ ހަރަދުތައް ކޮންޓްރޯލްކޮށް އެފިޝަންސީ އިތުރުކުރުމަށް ފިނޭންސުން އަންގާފައިވާ އެންގުމާ އެއްގޮތށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ. އަދި ސައިފަތް އުފައްދާތަން ބެލުމާއި، އަޔުރްވެދިކް ބޭސްވެރިކަން ކުރާގޮތް ބެުންފަދަ ކަންކަމަކީ ކައުންސިލްގެ މަސައްކަތްތަކާ ގުޅުންހުރި ކަންކަން ނޫންކަމަށެވެ.

އޮޑިޓަރ ޖެނެރަލް ދެއްވި ރައުޔުގައި ބުނެފައިވަނީ، މިފަދަ ތަޖުރިބާގެ ދަތުރުތައް ސްޕޮންސަރ އާއި އެނޫންވެސް އެހީގެ ގޮތުގައި ފައިސާ ހޯދައިގެން މެނުވީ އެބާވަތުގެ ދަތުރުތައް ނުކުރުމަށެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...