ގްލޯބަލް ޕްލެޖް އޮން މީޑިޔާ ފްރީޑަމްގައި ރާއްޖެއިން ސޮއިކޮށްފި
މީޑިޔާގެ މިނިވަންކަން ކަށަވަރުކުރުމަށް މަސައްކަތްކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުން ވައުދުވާ، "ގްލޯބަލް ޕްލެޖް އޮން މީޑިޔާ ފްރީޑަމް" ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ޕްލެޖްގައި ސޮއިކުރުން އޮތީ މިހާރު އިނގިރޭސިވިލާތުގައި ކުރިއަށްދާ ގްލޯބަލް ކޮންފަރެންސް އޮން މީޑިޔާ ފްރީޑަމްގެ ޚަވާސާގެ ތެރެއިންނެވެ.
ރާއްޖޭގެ ފަރާތުން މި ޕްލެޖްގައި ސޮއިކުރެއްވީ ދިވެހިރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅާފައިވާ ސަފީރު ޑރ.ފަރަހަނާޒް ފައިސަލެވެ.
ގްލޯބަލް ޕްލެޖް އޮން މީޑިޔާ ފްރީޑަމްގެ ދަށުން މީޑިޔާތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ގައުމުތަކުން ފިޔަވަޅުތައް އެޅުމަށް ބާރުއަޅައި، އދ. ފަދަ ޖަމްެއިއްޔާތަކުން ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތައް ނައްތާލުމަށް ކުރާ މަސައްކަތްތަކަށް ހިތްވަރުދޭން ވައުދުވެއެވެ.
އަދި އާންމު މަސްލަހަތަށްޓަކައި މަސައްކަތްކުރާނެ ތަފާތު އަދި މިނިވަން މީޑިޔާތައް އުފެއްދުމަށްވެސް ބާރު އަޅާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް