ކާނާ ވިހަވި އައްޑޫ ޕޮލިސް ކޮލެޖު ދެ ދަރިވަރުން އަދިވެސް އައިސީޔޫގައި، އެހެން ދަރިވަރުން ދޫކޮށްލައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޕޮލިސް ކޮލެޖުގެ ކާނާވިހަވެގެން އެޑްމިޓްކުރި ދެ ދަރިވަރަކަށް އަދިވެސް އައިސިޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ކާނާ ވިހަވެގެން 32 ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށެވެ.
އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ރޭ ފުލުހުން ވުދާޅުވެފައިވާއިރު، މިއަދު އޮފިޝަލް ވިދާޅުވީ، އެޑްމިޓް ކުރެވުނު ދެ ދަރިވަރުން ފިޔަވައި އެހެން ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.
އަދި އެޑްމިޓް ކޮށްފައި ތިބި ދެ ދަރިވަރުންނަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ބުންޏެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކާނާ ވިހަވެފައިވަނީ ކޮން އެއްޗެއް ކޮން އިރަކު ކައިގެންކަން ފުލުހުން ހާމަކޮށްފައި ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް