އެމްޑީޕީގެ ފްލެޓްގެ މަޅީގައި ނުޖެހެމާ: ނިހާން
އެމްޑީޕީގެ ފްލެޓްގެ މަޅީގައި ދިވެހިން ނުޖެހުމަށް ޕީޕީއެމްގެ ޕީޖީ ލީޑަރ އަދި ވިލިމާލެ ދާއިރާގެ މެންބަރ އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.
ނިހާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ފްލެޓު މަޅީގައި ނުޖެހުމަށް ގޮވާލާކަމަށެވެ.
މިހާރު ނޫހުން ރިޕޯޓްކުރާ ގޮތުގައި ވެށިފަހި މާލެ ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ފްލެޓް ނުލިބި އެންމެ ދަތި ހާލުގައި ދިރިއުޅެމުންދާ 4،000 މީހުންގެ ލިސްޓެއް އެމްޑީޕީގެ ކެމްޕޭން އޮފީސްތަކުގައި ގެންގުޅެއެވެ.
އަދި މި ލިސްޓްގައިވާ ފަރާތްތަކުގެ ކައިރިން ކެނޑިޑޭޓުން ފްލެޓްދޭނެކަމަށްބުނެ ވައުދުވަމުންދާކަމަށް އެނޫހުން ވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް