ޖޭޕީ ލަތީފް، ދިއްދޫ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވަނީ
ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރ އަބްދުއްލަތީފް މުހައްމަދު އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަ ކުރައްވަން ނިންމަވައިފި އެވެ.
މެންބަރ އަބްދުއްލަތީފް އަމިއްލަގޮތުން އެ ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓަށް ހއ.ދިއްދޫގެ އެހެން ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މީޑިޔާތަކަށް މައުލޫމާތުދެއްވަމުން ލަތީފް ވިދާޅުވީ އަމިއްލަގޮތުން ނަމަވެސް ކުރިމަތިލުމަށް ނިންމީ، ދާއިރާގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމު ރައްޔިތުންގެވެސް އެދުމުގެ މަތިން ކަމަށެވެ.
ލަތީފް ވަނީ ރައްޔިތުންގެ މެމްބަރު"ގެ ގޮތުގައި މަޖިލިސް އިންތިޚާބުގެ ކެމްޕެއިން ފައްޓަވާފައެވެ. އެ ކެމްޕެއިނުގެ ޝިއާރަކީ "ދިއްދޫއަށް ރަނގަޅުވާނީ ހަމަ ލަތީފު" އެވެ.
ލަތީފް ވަނީ ސަރުކާރާއި ގުޅިގެން އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި އަބަދުމެ ވަކާލާތުކޮށް، ދިއްދޫގެ ތަރައްގީއަށް ބޭނުންވާ ކަންކަން ހާސިލްކޮށްދިނުމަށާއި އާންމު ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް