ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް: ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް: ފޮޓޯ/ ސްޕޯޓްސް މިނިސްޓްރީ
ކުޅިވަރު 23 Jun 2025 | 09:04

އެފްއޭއެމުން ކްލަބްތަކަށް ދޫކުރި ފައިސާގެ ތަފުސީލު ދޭން ސްޕޯޓްސް ކޮމިޝަނަރ އަންގަވައިފި

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

އެފްއޭއެމުން ކްލަބްތަކަށް ދިން ފައިސާއާ ބެހޭ މައުލޫމާތު ހޯދަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އެދިވަޑައިގެންފި އެވެ.

އެފްއޭއެމުން ކްލްބްތަކަށް ދިން ފައިސާ، އެ ކްލަބްތަކުގެ އިސް ވެރިންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައިވާކަމަށް ތުހުމަތުވާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެކަމާއި ގުޅިގެން ސްޕޯޓްސް ކޮމިޝަނަރު އެފްއޭއެމަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެފްއޭއެމުން ކްލަބްތަކަށް ދޫކުރި ފައިސާ ކްލަބްތަކުން ނުވަތަ ކްލަބްތަކުގައި ހިމެނޭ މެމްބަރުން އަމިއްލައަށް ބޭނުންކޮށް އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަ ތަހުގީގުކުރެވެމުން ދާ ކަމަށްކަމަށް ފުލުހުން ސްޕޯޓްސް ކޮމިޝަނަރުގެ އޮފީހާ ހިއްސާ ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، 2018 އިން 2023 އަށް އެފްއޭއެމުން ކްލަބްތަކަށް ފޮނުވި ފައިސާގެ ހުރިހާ ތަފްސީލަކާއި، ފައިސާ އެފްއޭއެމުން ޖަމާކުރި އެކައުންޓްތަކުގެ ތަފްސީލާއި، ކްލަބްތަކުން އެ ފައިސާ ހަރަދު ކުރި ގޮތުގެ ތަފްސީލު ވެސް ހިއްސާ ކުރުމަށް އެ ސިޓީގައި ވަނީ އެދިފަ އެވެ.

"މި ކަމާ ގުޅިގެން އެއްވެސް ކްލަބަކަށް ތިޔަ އެސޯސިއޭޝަނުން އެއްވެސް ފިޔަވަޅެއް އަޅުއްވާފައި ވާ ނަމަ އެ ފިޔަވަޅެއް ވެސް ހިއްސާކޮށްދެއްވުން އެދެމެވެ،" ސިޓީގައި ތޮލާލް ވިދާޅުވެފައިވެއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް