މުލަ ރޯދައަށް މި ޕިޒްޒާ ސަޅި: ޕެޕަރ އެންޑްްް ސޮސެޖް ޕިއްޒާ
ޖުވޭސްގެ ހެޔޮ އެދުންތަކާއެކު.
ބޭނުންވާ ތަކެތި
1 ޕިއްޒާ ބްރެޑް
4 ސޮސެޖް ( ތުނިކޮށް ފޮތިކޮށްފައި)
1 ޖޯޑު ވަރަށް ހަނި ދިގަށް ކޮށާފައި ހުރި ބެލް ޕެޕަރ ( ރެޑް ގްރީން ޔެލޯ)
1 ފަޅި ގްރީން އަނިއަން ( ވަށްކޮށް ކޮށާ ވަށް އެތި އެތިކޮޅަށް ވާގޮތަށް ނައްޓާފައި9
2 /1 ޖޯޑު ޓޮމާޓޯ ސޯސް
3 /1 ބސައި ސަމުސާ މުގުރި އަސޭމިރުސް
1 ފިޔާ ހިމުންކޮށް ކޮށާފައި
1 ޓޮމާޓޯ ( ތުނި ރުނިކޮށް ފޮތި ފޮތިކޮށްފައި )
2/1 ޖޯޑު ޕީލްޑް ޓޮމާޓޯ ޗިސްކޮށްފައި
1 ފިޔާ ( ހިމުންކޮށް ކޮށާފައި
1 ޖޯޑު ގާނާފައި ހުރި މޮޒެރެލާ ޗީޒް
2 ކެޕްސިކަމް ކަރުނަގާ ކުދިކޮށް ކޮށާފައި)
ބަޓަރުކޮޅެއް
ވަރަށް ކުޑަ ލޮނުކޮޅެއް
ތައްޔާރުކުރާނެގޮތް
ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލުަމށްފަހު ކުދަ ތެޔޮފޮދެއް އަލާފައި ހޫނުވީމާ ފިޔާކޮޅާއި ، ކެޕްސިކަމް، އަޅާލާފައި ފިޔާކޮޅު މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ. ފިޔާކޮޅު މޯޅިވީމާ ސޮސެޖް ލޮނު، އަސޭމިރުސް، ޕީލްޑް ޓޮމާޓޯ ، ސޯސް އަޅާފައި ރަހަ ނިކުންނަ ވަރަށް ކެކުމުން އުނދުން މަތިން ބާލާށެވެ. ދެން ޕިއްޒާ ބްރެޑް މަތީގައި ބަޓަރުކޮޅެއް ހާކާފައި މަސްގަނޑު ފަތުރާލާފައި މަތީގައި ޓޮމާޓޯ ފޮތި ތައް އަތުރާލާފައު މައްޗަށް ޗީޒް ވިއްސާލާފައި އަވަންގައި ފިހެލާށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް