ނިދާބޭސް ކައިގެން އަމަލުވުމުން ރޫނީ ހައްޔަރުކޮށްފި
ނިދާބޭސް ކައިގެން ހުރެ ރާބުއިމުގެ ސަބަބުން މަސްތުވުމުން މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ވޭން ރޫނީ މިދިޔަ މަހުގެ ތެރޭގައި ހައްޔަރުކުރިކަމަށް އެމެރިކާގެ ޑަލަސްގެ ފުލުހުން ބުނެފިއެވެ.
އިނގިރޭސިވިލާތުގެ މި ކުޅުންތެރިޔާ މިދިޔަ މަހު ހައްޔަރުކޮށްފައިވަނީ ސައުދީ އަރަބިއްޔާއަށް ކުރި ދަތުރެއް ނިންމާލުމަށްފަހު އެނބުރި އައުމުން އެއަރޕޯޓުންކަމަށްވެއެވެ.
އެމެރިކާގެ ޑަލަސްގެ އެއަރޕޯޓުން ރޫނީ ހައްޔަރުކުރީ އޭނާގެ ފްލައިޓް ލޭންޑްކުރި ވަގުތު އޭނާ ހުރީ ހަމައިގައި ނޫންކަމުގައިވާތީއެވެ. ރޫނީގެ ތަރުޖަމާނު ބުނިގޮތުގައި ރޫނީ ކައިފައިވާ ނިދާ ބޭސްގުޅަތަކަކީ އޭނާއަށް ކެއުމުގެ ހުއްދަ ލިބިފައިވާ ބޭސްގުޅަތަކެކެވެ.
ރޫނީ ހައްޔަރުކުރެވުނުތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލީ ކުޑަ ޖޫރިމަނާއެއް ކުރުމާއި އެކުގައެވެ.
އޭނާ ވަނީ އެއަރޕޯޓުގެ ފުލުހުން އޭނާއާއި މެދު އަމަލުކުރި ރަނގަޅުގޮތަށް ޝުކުރު އަދާކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް