N/A
N/A
ހަބަރު 08 Jan 2019 | 19:47

އައިއެމްސީ ލަންކާ: ޕްރީމެޑްގެ ނަމުގައި ދިވެހިންނަށް އޮޅުވާލަނީބާ؟

ޒަމާނުއްސުރެ ދިވެހިންނަކީ އުނގެނުމާއި އުނގައިންނައިދިނުމަށް ޝައުގުވެރިކަން ހުންނަ ބައެއްކަމީ ތާރީޚީ ފަތްފުތްތަކުންވެސް އެނގި ހާމަވާ ކަމެކެވެ. މި ޝައުގުވެރިކަމާއި އިލްމަށް ފެންބޮވައިގެންފައި ހުރި މިންވަރުގެ ބޮޑުކަމުން ކަނޑުތައް ހުރަސްކޮށް ރާއްޖޭގެ އަސްދަނޑީން ބޭރަށް ދިވެހިން އަބަދުމެ ދަތުރުކޮށްފައިވެއެވެ. އެގޮތުން ފަހަކަށް އައިސް ދިވެހިރާއްޖޭގައި މަތީ ތައުލީމު ހާސިލްކުރެވެން ނެތް ދާއިރާތަކުން މަތީ ސަނަދު ނެގުމަށް ދިވެހިން އަވަށްޓެރި ގައުމުތަކާއި ދުރު ކަރަކަރައަށް ދަތުރުކުރަމުންދެއެވެ.

މިގޮތުން ބަލާލިއިރު ޑޮކްޓަރީކަން ނުވަތަ އެމްބީބީއެސް ޑިގްރީއަކީ ރާއްޖޭގެ ޒުވާނުންގެ ތެރެއިން ގިނަބަޔަކު ތައުލީމު ހާސިލްކުރަމުންދާ ދާއިރާއެކެވެ. އެމްބީބީއެސްއަކީ ޚާއްސަ ދާއިރާއެއްކަމުން އެ ދާއިރާގެ ކޯސްތަކާއި ކިޔަވައިދޭ މަރުކަޒުތައް އެޕްރޫވްކުރުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ފަރާތުންނެވެ. ރާއްޖޭގެ މި ކައުންސިލުން ގަބޫލުނުކުރާ ކޯސްތައް ހަދައިގެން ރާއްޖޭގައި ޑޮކްޓަރީކަން ނުކިޔެވޭހިނދު، ހިތާމައަކީ ބައެއް ފަރާތްތަކުން އެކަށީގެންވާ މިންވަރަށް ބަލައިނުލައި އެފަދަ ތަންތަނުން ތައުލީމް ހާސިލްކޮށް، ނުފިލޭނެހާ ބޮޑު މަޅިއެއްގައި ބެދޭކަމެވެ. އެގޮތުން ޕްރީމެޑް ކޯސްތައް ފޯރުކޮށްދޭ ސްރީލަންކާގެ އިންޓަރނޭޝަނަލް މެޑިކަލް ކެމްޕަސް ނުވަތަ ސްރީލަންކާއަކީ މިފަދަ ތަނެކެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި މިވަގުތު އާންމުކޮށްފައިވާ އެކްރެޑިޓެޑް ނުވަތަ ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒުތަކުގެ ތެރޭގައި ލަންކާގެ އައިއެމްސީ ހިމެނިފައި ނުވިޔަސް އެތަނުން ދަނީ ދިވެހި ކުދިންނަށް "ޚާއްސަ އިންތިޒާމެއް" ގެ ދަށުން ޕްރީމެޑް ޕްރޮގްރާމްއެއް ހެދުމަށްފަހު ބެލާރޫސްގައި އެމްބީބީއެސް ޑިގްރީ ހެދޭނެކަމަށްބުނެ އޮޅުވާލަމުންނެވެ.މިކަމުގެ ބެލަރޫސްގައި ކުދިންތައް ތައުލީމް ހާސިލްކުރުމަށްޓަކައި ދިއުމަށް އެދޭ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް އެގައުމަށް ދިއުމަށް ވިސާ ނުލިބި އެތައްހާސް ޑޮލަރު އަތުން ބާކީވެދާން ޖެހޭކަމީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ.

ވޮއިސްއިން ކުރި ތަހުގީގަކުން ހާމަވެފައިވާ ގޮތުގައި އައިއެމްސީގެ ޕްރީމެޑް ޕްރޮގްރާމްއަކީ ރާއްޖެއިން މިހާރު ގަބޫލުނުކުރާ ޕްރޮގްރާމްއަކަށް ވުމުން އެޕްރޮގްރާމް ހެދުމަށްފަހު ބެލާރޫސްގައި ހުންނަ ވިޓެސްކް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީ (ވީއެސްއެމްޔޫ) ގައި ތައުލީމް ހާސިލްކުރުމަށް ދިއުމަށްޓަކައި ބައެއް ދަރިވަރުންނަށް ވަނީ ވިސާ ގިނަ ދުވަސްތަކެއްވަންދެން ނުލިބި ތާށިވާގޮތް ވާންޖެހިފައެވެ. އަދި ހަމައެހެންމެ ޕްރީމެޑް ޕްރޮގްރާމްގެ ކޯހުގެ ފީތައްކަމަށްބުނެ ކުދިން އަތުންނަގަނީ އެ ޕްރޮގްރާމްގެ އަގާއި އަޅާބަލާއިރު ބޮޑުއަގެއްކަންވެސް ވަނީ ހާމަވެފައެވެ.

އެގޮތުން ބަލާލާއިރު، އައިއެމްސީއީން ޕްރީމެޑް ޓިއުޝަންފީ، ވިސާ ޕްރޮސެސިންގް ފީ، ޓްރާންސްލޭޝަން ފީ، ވީއެސްއެމްޔޫގެ އެޑްމިޝަން ކޮންފަރމޭޝަން ފީ އަދި ވެލްފެއަރ އޭޖެންޓްގެ ފީގެ ގޮތުގައި ކޮންމެ ދަރިވަރެއްގެ އަތުން ޖުމްލަ 16،256 އެއްހާ ޑޮލަރު ވަނީ ނަގާފައެވެ. ނަމަވެސް އައިއެމްސީގެ ދަރިވަރުންނަށް ބެލާރޫސްއަށް އައުމަށްފަހު އެނގިފައިވާ ގޮތުގައި މަތީގައި ބުނި ޖުމްލަ ފީގެ ހަގީގީ އަދަދަކީ 3800 އެއްހާ ޑޮލަރެވެ. އޭގެ ތެރޭގައި ކުރިން އެފަރާތުން ބުނެފައިވާ ވިސާ ޑޮކިއުމެންޓް ޕްރޮސެސިންގް ފީ، ޓްރާންލޭޝަން ފީ އަދި އެޑްމިޝަން ކޮންފަރމޭޝަން ފީއަކީ ނުވެސް އޮންނަ ފީތަކެއް ކަން އެކުދިންނަށް ވަނީ އެނގިފައެވެ. މިކަމާއި ގުޅިގެން އައިއެމްސީގެ އަތުން ރީފަންޑް ހޯދުމަށް ބައެއް ކުދިން ކުރި މަސައްކަތް އެކުދިންނަށް ވަނީ ނާކާމިޔާބު ވެފައެވެ، ސަބަބަކީ އައިއެމްސީގެ ދަރިވަރުންގެ އިގްރާރުގައި އެއްވެސް ރީފަންޑްއެއް ފޯރުކޮށްނުދޭނެކަމަށް ބުނެފައިވުމެވެ.

ކުދިންގެ އަތުން ހަގީގަތުގައި ނަގަންޖެހޭ މިންވަރަށްވުރެ ބޮޑަށް ފާއިތުވެދިޔަ އަހަރުތަކުގައި އައިއެމްސީން ފައިސާ ނަގާފައިވާހިނދު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރުހުން އެކޮލެޖަށް މިހާރު ނުލިބޭކަން އެ ކައުންސިލްގެ އޮފިޝަލަކުވެސް ވަނީ ވޮއިސްއަށް ޔަގީންކޮށްދީފައެވެ.

މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ އޮފިޝަލް ވޮއިސްއަށް މައުލޫމާތު ދެމުން ހާމަކުރިގޮތުގައި މާލޭގައި ބާއްވާ ފެއާތަކުގައި ބައިވެރިވާ ކޮލެޖްތަކާއި، ކޯސްތަކަކީ ކައުންސިލް އެޕްރޫވް ކޯސްތަކެއްތޯ އެ ކައުންސިލުން ނުބަލާކަމަށާއި، ނަމަވެސް ދަރިވަރުން މިފަދަ ކަންކަމަށް ވިސްނަން ވާނެކަމަށެވެ. އަދި އައިއެމްސީގެ ޕްރޯ މެޑް ކޯހަކީ މިހާރު އެކައުންސިލުން އެޕްރޫވްކުރާ ކޯހެއް ނޫންކަމަށް ވެސް އޮފިޝަލް މައުލޫމާތު ދެއްވިއެވެ.

ނަމަވެސް އަންނަ މިމަހުގެ ފަސްވަނަ ދުވަހުން ހަތްވަނަ ދުވަހުގެ ހަމައަށް އެކޮލެޖްގެ ފެބްރުއަރީ އިންޓޭކަށް ދިވެހި ދަރިވަރުން ހޯދުމަށްޓަކައި "މޯލްޑިވްސް މެޑިކަލް އެޑިއުކޭޝަން ފެއަރ 2019" ގެ ނަމުގައި މާލޭގެ ސްކައި ލޮޖްގައި ފެއަރއެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ.

ވޮއިސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އައިއެމްސީގެ ދަށުން ބެލާރޫސްގެ ވިޓެސްކް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީގައި ތައުލީމް ހާސިލްކުރުމަށް ކުދިން ފޮނުވުމަށްފަހު ވެލްފެއަރ އޭޖެންޓްގެ އެހީގައި ބައެއް ކުދިން ބަހައްޓާފައި ހޮސްޓެލްތަކަކީ ވަރަށް ބޮޑަށް ފެންވަރު ދަށް ހޮސްޓެލްތަކެވެ. އެގޮތުން އެންމެ ފަހުވަގުތާއި ޖެހެންދެން ކުދިން ގާތުގައި ބުނި، ކުދިން ބޭނުންވިފަދަ ހޮސްޓެލް ރޫމްތައް ފޯރުކޮށްދޭނެކަމަށް އައިއެމްސީން ވަނީ ބުނެފައެވެ. ނަމަވެސް ކުދިން ބެލާރޫސްއަށް އައުމަށްފަހު ކުދިން ވަނީ ދަށްފެންވަރުގެ ވަކިވަކި ކޮޓަރިތަކަށްލައިފައެވެ. އަދި ކުދިން އެދުމުންވެސް އެހެން ހޮސްޓެލްއަކަށް ބަދަލުކުރުމަށް މަސައްކަތްކުރާނެކަމަށްބުނެ، ވެލްފެއަރ އޭޖެންޓް އެކަމަށް މާބޮޑު ފަރުވާލެއް ދީފައިނުވާކަމަށް ވަނީ އެނގިފައެވެ. މިވަގުތު ބެލާރޫސްގައި ތިބި ބައެއް ކުދިން މައުލޫމާތު ދިންގޮތުގައި މީގެ ސަބަބުން ބައެއް ދަރިވަރުން ދިރިއުޅެމުން ގެންދަނީ ވަކިން އަމިއްލައަށް ކުއްޔަށް އެޕާރޓްމެންޓްތައް ހިފައިގެންނެވެ.

ވިޓެސްކް ސްޓޭޓް މެޑިކަލް ޔުނިވަރސިޓީއަކީ ރާއްޖެ ގަބޫލުކުރާ މެޑިކަލް ޔުނިވަރސިޓީއެއްކަމުގައިވިޔަސް، އެތަނަށް ފޮނުވުމަށްޓަކައި ޕްރީމެޑްގެ ނަމުގައި ލަންކާގެ އިންޓަރނޭޝަނަލް މެޑިކަލް ކެމްޕަހުން ހިންގަމުން މިދަނީ ބޮޑު ޖަރީމާއެކެވެ.

އައިއެމްސީ ގަބޫލުނުކުރިކަމުގައިވިޔަސް، އެތަނުން ދަނީ ދިވެހި ކުދިންނަށް ޕްރީމެޑް ހަދައި ބެލަރޫސްއަށް ޔަގީނުންވެސް ދެވޭނެކަމަށްބުނެ އޮޅުވާލަމުންނެވެ. ނަގަންޖެހޭ މިންވަރަށްވުރެ ދިވެހިންއަތުން ފައިސާ ނަގައި ދިވެހިންގެ އުއްމީދުގައި ކުލަޖައްސައިދޭނެކަމަށްބުނެ އެ އުއްމީދުތަކުން ކުލަކަހަމުންނެވެ.

މިފަދަ ކަންކަމަށް ފަރުވާ ބެހެއްޓުމަކީ ދިވެހިން އަމިއްލައަށްވެސް ކުރަންވެފައިވާ ކަމެކެވެ. ބޭރުން ކިޔަވަންދާ ކޯސްތަކާއި ޔުނިވަރސިޓީ ކޮލެޖްތަކަކީ ރާއްޖޭގެ އިދާރާތަކުން ގަބޫލުކުރާ ތަންތަންކަމުގައި ބަލަންވެއްޖެއެވެ. ރައްކާވެ ތިބިއްޔާ ދަތުރެވެ. ރަނގަޅަށް ބެލިއްޔާ މޮޅު ގަބޫލުކުރާ ޑިގްރީއެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ
13 Oct 2026 ހަބަރު

މާލެސިޓީގެ ޕާކިން ބިލްޑިންތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެންބަރަށް ނިންމަނީ

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...