އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ގޮވާލައިފި
އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅު އަޅަން ގޮވާލައިފިއެވެ.
މިހެން ގޮވާލާފައިވަނީ ދިވެހި ފަނޑިޔާރުންގެ ޖަމްއިއްޔާއިން ނެރުނު ބަޔާނެއްގައެވެ.
އެ ޖަމްެއިއްޔާއިން ބުނީ ފަނޑިޔާރުންގެ އަމަލުތައް ބަަހައްޓަންވާނީ އެމީހުންގެ ތެދުވެރިކަމާއި މެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށްވާއިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި، މިވަގުތު މަގާމުގައި ތިއްބެވި ފަނޑިޔާރުން ތިބިކަމަށް ޕީޖީ ވިދާޅުވުމުން ނުހަނު ކަންބޮޑުވާ ކަމަށެވެ.
މި ބަޔާނުގައި ބުނީ އެއްވެސް މިންވަރެއްގެ ޖިނާއީ ތުުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭނަަމަ ކަމާއިބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލާކަމަށެވެ.
އަދި އެ ޖަމްއިއްޔާއިން ވަނީ ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާއި މެދު ސުވާލު އުފެދިދާނެފަދަ އެއްވެސް އަމަލެއް ފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް