ރާއްޖެ އާއި ކައިރި ސަރަހައްދަކަށް ދެ ބިންހެލުމެއް!
ރާއްޖެ އާއި ކައިރި ހިސާބަކަށް ދެ ބިން ހެލުން އައިސްފައިވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ހާމަކޮށްފިއެވެ.
އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ބިން ހެލުން އައިސްފައިވަނީ އިންޑިޔާ ކަނޑާއި އަރަބި ކަނޑު ގުޅޭ ހިސާބުން އުފެދިފައިވާ ކާލްސްބާރގް ރިޖް އަކަށް ކަމަށެވެ.
ރާއްޖެ އާއި 850 ކިލޯމީޓަރު ދުރު ހިސާބަކަށް އައިސްފައިވާ މި ބިން ހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ބުނެފައެވެ.
މި ބިން ހެލުންތަކުގެ ތެރެއިން ފުރަތަމަ އައިސްފައި ވަނީ 5.2 މެގްނިޓިއުޑްގެ ބާރު މިނުގައި ބިންހެލުމެކެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން 4.8 މެގްނެޑިއުޑްގެ ބާރުމިނުގައި ވެސް ހަމަ އެސަރަހައްދަށް ބިންހެލުމެއް ވެސް ވަނީ އައިސްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް