ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ ބައިގެންގޮސް ކުއްޖާ ނިޔާވި މައްސަލަ، ކުއްޖާ އެއްލީ ކަމުގެ ތުހުމަތު
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ ބައިގެންގޮސް ކުއްޖާ ނިޔާވެފައިވާ މައްސަލައެއް ފެންމަތިވެ އެ މައްސަލައިގެ ތަހުގީގު ފަށައިފި އެވެ.
ފުލުހުން ވަނީ އެކަން ޔަގީން ކޮށްދީފަ އެވެ. ފުލުހުން ބުނީ ވ އަތޮޅުގައި ހިންގާ ރިސޯޓެއްގައި ދިވެހި އަންހެނަކު ބަލިވެ އިނދެ ބައިގެންގޮސް ކުއްޖާ ނިޔާވެފައިވާ މައްސަލައެއް މިއަދު ހުށައަޅާފައިވާ ކަމަށެވެ.
މައްސަލަ ބަލަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން ކުއްޖާގެ ހަށިގަނޑު ފެނުނީ ޑަސްބިނެއްގެ ތެރެއިންނެވެ. އެކަން އެނގުނީ ކުނިވަސް ދުވާތީ ބެލުމުން ކަމަށް ވެސް ބުންޏެވެ. ނަމަވެސް ފުލުހުން އެކަން ޔަގީންކޮށެއް ނުދެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް