ބީއެމްއެލް
ބީއެމްއެލް
ވިޔަފާރި 29 Jan 2026 | 07:08

ބީއެމްއެލްއަށް މިދިޔަ އަހަރު ރެކޯޑް ފައިދާއެއް، 3.2 ބިލިއަނަށް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ބޭންކް އޮފް މޯލްޑިވްސް އިން 2025 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި 828.7 މިލިއަން ރުފިޔާގެ ހިންގުމުގެ ފައިދާއަކާއެކު ރެކޯޑް މާލީ ނަތީޖާއެއްހާ ސިލްކޮށްފިއެވެ.

އެގޮތުން ސާފު ފައިދާގެ ގޮތުގައި 837.5 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީތިންވަނަ ކުއާޓަރއާ އަޅައިބަލާއިރު %76.2 ކުރިއެރުމެކެވެ.

​​​2025 ވަނަ އަހަރުގެ މާލީ ނަތީޖާތައް ދައްކާގޮތުން ބޭންކަށްލިބުނު ޖުމްލަ އާމްދަނީ ވަނީ 5.5 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައެވެ. މިއީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %16.1 ގެ ކުރިއެރުމެކެވެ.

އަދި ޓެކްސްއަށް ކެނޑުމުގެކުރިން ލިބުނު ފައިދާ ވަނީ 2024 ވަނަ އަހަރާ އަޅައިބަލާއިރު %10 އިތުރުވެ، ރެކޯޑްއަދަދެއް ކަމަށްވާ 3.2 ބިލިއަން ރުފިޔާއަށް އަރާފައެވެ. ބޭންކުގެ ޖުމްލަ އެސެޓް 55.7 ބިލިއަން ރުފިޔާއަށްވުރެ މަތިވެފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު %15 ކުރިއެރުމެކެވެ.

​​​ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން ވިޔަފާރިތަކާއި އާންމުފަރުދުންނަށް 10 ބިލިއަން ރުފިޔާގެ އާ ލޯނު ދޫކޮށްފައި ވެއެވެ. ބޭންކުގެ ކެޕިޓަލްއަދި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމުކުރާ މިންގަނޑަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.

​​​މި ހަރުދަނާ މާލީ ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ 2025 ވަނަ އަހަރު ކާމިޔާބު ކަމާއެކު ނިންމާލެވުނުކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

”މި ކުއާޓަރގެ ނަތީޖާއިން ދައްކުވައިދެނީ އަޅުގަނޑުމެންގެ އިސްތިރާޖީ އަމާޒަށް ވާސިލްވެފައިވާކަން އަދި އަޅުގަނޑުމެން މުވައްޒަފުންނަށް ދޭ އަހުމިއްޔަތުކަން.  ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދާއިރާތަކުން ހޯދި ކުރިއެރުމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓެއްގެ ސަބަބުން، ބޭންކުގެ މާލީ ދުޅަހެޔޮކަން ދަމަހައްޓައި ވަރުގަދަ މާލީ ނަތީޖާއެއް ހާސިލްކޮށް ވަރުގަދަ ބެލެންސް ޝީޓެއް ދެމެހެއްޓިފައިވޭ. ވަކިވަކި ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމަޢުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަޅުގަނޑުމެން ދެމިތިބޭނަން" ޝަރީފް ވިދާޅުވިއެވެ.

​​​2025 ވަނަ އަހަރަކީ ބޭންކް އޮފް މޯލްޑިވްސްއަށް ސްޓްރެޓިޖިކް ކުރިއެރުމާއި އައު ވިސްނުންތަކާއިއެކު ކަސްޓަމަރުންނާއި މުޖުތަމައުތަކާއި، މުވައްޒަފުންނަށްޓަކައި ވެފައިވާ ވަރުގަދަ އަޒުމް ދައްކުވައިދިން ތާރީހީ އަހަރެއް ކަމަށް އެ ބޭންކުން ބުނެއެވެ.

މާލީދާއިރާގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާއި ޑިޖިޓަލް ކުރިއެރުންތަކާއި އެކުގައުމީ ތަރައްގީގެ ރޮނގުން ބޭންކުން ވަނީ ބޮޑެތި ކާމިޔާބީތައް ހޯދާފައެވެ. މީގެތެރޭގައި 'ގްރީން ރިސޯޓް ފައިނޭންސިންގ' ތައާރަފުކުރުމާއި މިނިސްޓްރީ އޮފްކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އާއި ގުޅިގެން %5 ގެކުޑަ ރޭޓެއްގައި 'ހިޔާވެހި ފައިނޭންސިންގ' ދޫކުރަން ފެށުމާއި ގެދޮރު ގަތުމަށް ދޫކުރާލޯނުތަކުގެ އިކުއިޓީ %5 އަށް ދަށްކުރުމުގެ އިތުރުން 'ބީއެމްއެލް އެފޯޑަބަލް ހޯމްލީސިންގ ޕްރައިވެޓް ލިމިޓެޑް' އުފެއްދުން ހިމެނެއެވެ.

​​​ބޭންކުގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ރ. ދުވާފަރުގައި ބޭންކުގެ 40 ވަނަ ބްރާންޗް ހުޅުވައި، 'މުޅި ރާއްޖެއަށް ބީއެމްއެލްއޭޓީއެމް' މަޝްރޫއު ނިންމުމާއިއެކު، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭންކުގެޚިދުމަތް ވަނީ ގާއިމުކޮށްފައެވެ.

ޑިޖިޓަލް އަދި ޕޭމަންޓް ޚިދުމަތްތަކަށް އައިކުރިއެރުންތަކުގެ ތެރޭގައި، ހުރިހާ ޚިދުމަތަކަށް އޮންލައިންކޮށް އެދެވޭނެ އިންތިޒާމުހަމަޖެއްސުމާއި، 'ސްވައިޕް' ޑިޖިޓަލް ވޮލެޓާއި، ވިސާ ޕްލެޓިނަމް ޑެބިޓް ކާޑާއި، ވިސާއިންފިނިޓް ކްރެޑިޓް ކާޑުގެ އިތުރުން އިންޑިއަން ރޫޕީ އަދި ޗައިނީޒް ޔުއާންއެކައުންޓްތައް ތައާރަފުކުރުން ހިމެނެއެވެ. ވިސާ، އެމެކްސް، އަލީޕޭ+، ވީޝިން ޕޭ،ޔޫނިއަންޕޭ އަދި މާސްޓަރކާޑާއެކު ވެވުނު ސްޓްރެޓިޖިކް ޕާޓްނަރޝިޕްތަކުގެސަބަބުން ރާއްޖޭގެ ޑިޖިޓަލް ޕޭމަންޓް ނިޒާމު އިތުރަށް ވަރުގަދަވެގެންދިޔައެވެ.

މީގެއިތުރުން، ބީއެމްއެލް ސްޓޫޑަންޓް ކާޑާއި، މަސްވެރިންނަށް ފައިނޭންސް ކުރުމަށް'މަސްވެރިޔާ ޕޯޓަލް' އާއި، ތިމާވެށި ހިމާޔަތްކުރުމަށް 'އީއެންވީ ޕީއޯއެސް' ޕްރޮޖެކްޓާއެކު އެމެކްސްއާއި ގުޅިގެން 'އެކްސްޕީރިއަންސް މޯލްޑިވްސް' ކެމްޕޭންފެށުންވެސް މިދިޔަ އަހަރުގެ ތެރޭގައި ހިމެނެއެވެ.

އަދި ކުދި އަދި މެދު ފަންތީގެވިޔަފާރިތަކަށް ދޭ ޚިދުމަތްތައް ފުޅާކުރުމަށް އެސްޑީއެފްސީ (މިހާރު އެސްއެމްއީޑިޖިޓަލް) ބޭންކުގެ ދަށަށް ގެނައުމާއި، ވިޔަފާރިތަކަށް އެހީތެރިވުމުގެ ގޮތުން މާޗަންޓްފީ %1 އަށް ކުޑަކުރުމުގެ އިތުރުން، މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުންއިތުރުކުރުމާއި ޑިޖިޓަލް ބަދަލުތަކަށް ކުރި މަސައްކަތަށް 'ކޯރަސް' އަދިމާސްޓަރކާޑުން ވަނީ ބޭންކުގެ އަގު ވަޒަންކޮށް، އެވޯޑްތައްވެސް ލިބިފައެވެ.

​​​މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 267 އޭޓީއެމްގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރުތަކާއި އެންމެ ޒަމާނީއޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމުފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށްއެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް
10 Oct 2026 ހަބަރު

ރުފިޔާ އެކައުންޓްތަކަށް ދޫކޮށްފައިވާ ކާޑުތަކުން އަހަރުގެ މިހާތަނަށް 336 މިލިއަން ޑޮލަރުގެ މުއާމަލާތްކޮށްފި: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްއިން ކަސްޓަމަރުންނަށް ދޫކޮށްފައިވާ ދިވެހި ރުފިޔާ ކާޑުތަކުން މިއަހަރުގެ މިހާތަނަށް ކުރި، ބޭރު ފައިސާގެ މުއާމަލާތްތަކުގެ އަގު 336 މިލިއަން ޑޮލަރަށް އަރާފައިވާ ކަމަށް އެ ބޭންކުން ހާ...

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
09 Oct 2026 ހަބަރު

ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް

މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ. އެ ބެންކުން ވަނީ މި އަހަރުގެ ނިމުނު މުއްދަތުގެ މާލީ ނަތީޖާތައް އާންމުކޮށްފަ އެ...

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު
01 Oct 2026 ހަބަރު

އޭޓީއެމުން ޑޮލަރު ނެގޭނެ ލިމިޓެއް؛ ދެން ނެގޭނީ މަހަކު 3،500 ޑޮލަރު

އޭޓީއެމް މެދުވެރިކޮށް ކަސްޓަމަރަކަށް މަހެއްގެ މައްޗަށް ނަގުދު ފައިސާ އިން ޑޮލަރު ނެގޭ އަދަދު 3,500 ޑޮލަރު ކަމުގައި ހަމަޖައްސައިފި އެވެ. ބެންކު އޮފް މޯލްޑިވްސް އިން ބުނީ ދިވެހިރާއްޖޭގައި ޒަމާނީ، "ޑިޖިޓ...

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް
19 Sep 2026 ހަބަރު

ސަރުކާރުން ޓީބިލަށް ފައިސާ ދެއްކުމާ އެ ބޭންކާ ގުޅުމެއް ނެތް: ބީއެމްއެލް

ސްޓޭޓް ބޭންކް އޮފް އިންޑިއާ ސަރުކާރުން ދައްކަންޖެހޭ ޓްރެޜަރީ ބިލް ފެސިލިޓީގެ ބާކީ 50 މިލިއަން ޑޮލަރު ދެއްކުމުގައި ބޭންކް އޮފް މޯލްޑިވްސްއިން ފައިސާ ނަގާފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް އެ ބޭންކުން...

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
15 Sep 2026 ވިޔަފާރި

ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި

މިއަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ތެރޭގައި ކާޑު މުޢާމަލާތްތަކާއި ޓީޓީ އާއި ދަތުރުފަތުރާއި ތަޢުލީމީ އަދި ޞިއްޙީ ބޭނުންތަކަށް ޖުމްލަ 653 މިލިޔަން ޑޮލަރު ވިއްކާފައިވާ ކަމަށް ބީއެމްއެލުން ހާމަކޮށްފިއ...