ކަވާބު: ފޮޓޯ/ ވޮއިސް
ކަވާބު: ފޮޓޯ/ ވޮއިސް
ލައިފްސްޓައިލް 21 Mar 2025 | 04:55

މިގޮތަށް މުރަނަ، ކުދި ކަވާބު ހެދޭހާ ކެތްތެރިކަން ހުންނާނީ ދޮންބެގެ!

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

ކަވާބަކީ ވަރަށް ގިނަ ގޭގޭގެ ރޯދަ ވީއްލާ ސުފުރާމަތިން ފެންނަ މީރު ހެދިކާއެކެވެ. ބައެއް މީހުން ފުށުން ކަވާބު ހަދާއިރު އަނެއް ބަޔަކު އެ ހަދައި އުޅެނީ ހަނޑުލުންނެވެ. އެގޮތުން ހަދާ ކަވާބު މުރަނަ ނުވާ މައްސަލަ ބައެއް ފަހަރު ކުރިމަތިވާއިރު، މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ މުރަނަކޮށް މީރުކޮށް ކަވާބު ހަދާނެ ގޮތެވެ. މިގޮތަށް ހެދޭނީ ވަރަށް ކެތްތެރި މީހުންނަށެވެ.

ބޭނުންވާ ތަކެތި

1 ޖޯޑު ހަނޑޫ (ފެނުއަޅައި މަޑުކޮށް، ހިމުންކޮށް މުގުރާފަ)

1 ބޮޑު ފިޔާ (ތުނިކޮށް ކޮށާފައި)

1/2 ޖޯޑު ހުނި

1/2 ޖޯޑު ވަޅޯމަސް (ހިމުން ކޮށްފައި)

1/2 ސައިސަމުސާ ގާނާފައިހުރި އިނގުރު

1/2 ސައިސަމުސާ ގާނާފައި ހުރި ލޮނުމެދު

1/4 ސައި ސަމުސާ އަސޭމިރުސް

1 1/4 ސައި ސަމުސާ ލޮނު (ނޫނީ ރަހަލާ ވަރަށް)

2 ލުނބޯ

1/4 ސައިސަމުސާ ރީނދޫ

ގިތެޔޮ މިރުސް (ތުނިކޮށް ކޮށާފައި)

ހިކަނދިފަތް (ކުދިކޮށް ކޮށާފައި)

ތެޔޮ

ތައްޔާރުކުރާނެ ގޮތް

1) ބޯތަށްޓަކަށް ފިޔާއާއި، އިނގުރާއި، ލޮނުމެދާއި، ލޮނާއި، އަޅާފައި ލުނބޯ ހުތް ޖަހައިގެން ރަނގަޅަށް މޮޑޭށެވެ.

2) ދެން ހިކަނދިފަތާއި، ގިތެޔޮމިރުހާއި، އަސޭމިރުހާއި، ރީނދޫކޮޅުވެސް އެއަށް އަޅާފައި އަނެއްކާވެސް ހުރިހާ އެއްޗެއް ރަނގަޅަށް އެއްވަންދެން މޮޑެލާނީއެވެ. އެއަށްފަހު ހުނި ކޮޅު އަޅާލައިގެންވެސް ރަނގަޅަށް މޮޑެލާފައި މަސް އަޅައިގެންވެސް މޮޑެލާށެވެ.

3) ދެން މޮޑުނު މަސްގަނޑުގެ ތެރެއަށް ހިމުންކޮށް ފުނޑާފައިހުރި ހަނޑޫ އަޅާފައި މޮޑެލާށެވެ. މާ ހިކި ނަމަ ކުޑަފެންފޮދެއް އަޅާލާށެވެ.

4) އެއަށްފަހު އެއިން ކުދި ކަވާބު ހަދާށެވެ. ކަވާބުގެ ބޮޑުމިން ހުންނަންވާނީ ގާތްގަނޑަކަށް އިންޗިއަކަށްވުރެ ކުޑަތަންކޮޅެއް ބޮޑު ކޮށެވެ. މިކަމަށް ފުދޭ ވަރަކަށް ވަގުތު ދާނެއެވެ.

5) ދެން ތާހަށް ތެޔޮ އެޅުމަށްފަހު، ތެޔޮ ރަނގަޅަށް ހޫނު ވުމުން ކަވާބު ތެލުލަން އަޅާލާށެވެ. ތެލުލަން އަޅާލާ ވަގުތު ގިނި ބަހައްޓަންވާނީ އާދައިގެ ވަރަކަށް ގަދަކޮށެވެ. ގާތް ގަނޑަކަށް 30 ސުކުންތު ވަންދެން ގަދަ ގިނީގައި އުނދުން ބެހެއްޓުމަށްފަހު، ކަވާބު ކޮޅު ހަލުވާލާށެވެ. ދެން ގިނި މަޑު ކޮށްލާށެވެ. މަޑު ގިނީގައި ހަލުވަމުން ކަވާބު ތެލު ލާށެވެ. ކަވާބު ރަންމުށި ކުލަ އެރުމުން، ގިނި ގަދަކޮށްލުމަށްފަހު އަވަހަށް ކަވާބުކޮޅު ތެޔޮފޮދުން ނަގާށެވެ. މި ގޮތަށް ބާކީ ކަވާބުވެސް ތެލުލާށެވެ. އެއްފަހަރާ މާ ގިނަ ކަވާބު ނާޅަން ސަމާލުވާންވާނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް
08 Oct 2026 ލައިފްސްޓައިލް

މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ؟ މިއޮތީ ތައްޔާރުކުރާނެ ގޮތް

މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން ...

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ
08 May 2026 ލައިފްސްޓައިލް

މިއަދު މެންދުރު ފޮނި އެއްޗަކަށް ބްރައުނީ ކިހިނެއްވާނެ؟ މިއޮތީ ރެސިޕީ

ހުކުރު ދުވަހު މެންދުރު ކެއުމަށްފަހު ފޮނި އެއްޗެއް ކާލުމަކީ ގިނަ މީހުންގެ އާދައަކަށް ވެފައިވާ ކަމަށެވެ. އެހެންވީމާ މިއަދު މި ގެނެސްދެނީ ފަސޭހައިން، ތަންކޮޅެ މަދު ތަކެތި ބޭނުން ކޮށްގެން ތައްޔާރު ކޮށްލެވ...

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ
24 Apr 2026 ލައިފްސްޓައިލް

މި ހުކުރު ދުވަހު މީރުކޮށް ކުކުޅެއް ފިހެލަމާ؛ މިއޮތީ ރެސިޕީ

މި ހުކުރު 'ވޮއިސް' ގެ ބަދިގެއިން މި ގެނެސްދެނީ މީރުކޮށް ކުކުޅެއް ފިހެލާނެ ގޮތެވެ. މިއީ ތައްޔާރު ކޮށްލަން ވެސް ފަސޭހަ ޑިޝްއެކެވެ. މި ޑިޝް ޗިކަން ޑިޕިންގ އާއި އެކު ނުވަތަ ފަރާޓާ ނޫނީ ބަތާއި އެކު ކާލަންވ...

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟
17 Apr 2026 ލައިފްސްޓައިލް

މިއޮތީ ވަރަށް ރިފްރެޝިން ބުއިމެއްގެ ރެސިޕީ؛ މިއަދު ޓްރައިކޮށްލާ ކަހަލަދޯ؟

ފިނި ދުވަހެއްވިޔަސް ހޫނު ދުވަހެއްވިޔަސއ ރިފްރެޝިން ބުއިމެއް ބުއިލުމަކީ ވަރަށް ތާޒާކަން އިހްސާސް ކުރުވައިދޭ ކަމެކެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ސިއްހަތަށް ފައިދާ ހުރި، ހަށިގ...

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ
06 Mar 2026 ލައިފްސްޓައިލް

މިއޮތީ ތައްޔާރު ކޮށްލަން ފަސޭހަ، ރަހަމީރު ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީ

ކޯން ޕިއްޒާ އަކީ މިހާރު އެންމެ ޓްރެންޑިން ގިނަ ބައެއްގެ މެދުގައި ވަރަށް މަގުބޫލު އެއްޗަކަށް މިވަނީ ވެފައެވެ. އެހެންކަމުން މިއަދު ވޮއިސްގެ ބަދިގެއިން މި ގެނެސްދެނީ ޗިކަން ޓޯޓީއާ ޕިއްޒާ ކޯންގެ ރެސިޕީއެވ...

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ
27 Feb 2026 ލައިފްސްޓައިލް

މިއަދު މިއޮތީ ވަރަށް ފަސޭހައިން ތައްޔާރުކޮށްލެވޭ ފޮނި އެއްޗެއްގެ ރެސިޕީ

ރޯދަ ވީއްލާ ގަޑީގައި ކުޅި އެއްޗެއް ކައިލުމަށްފަހު ފޮނި އެއްޗެއްގެ ރަހަބަލާލުމަށް ބޭނުންވާ މީހުން މަދެއް ނޫނެވެ. މިއީ އެފަދަ މީހުން ތައްޔާރު ކޮށްލަން ރަނގަޅު، ފަސޭހަ ގޮނި އެއްޗެއްގެ ރެސިޕީއެވެ. ބޭނުންވ...