ބޯޑަރ ރައްކާތެރިކުރުމާއި ބެހޭ ވޯކްޝޮޕެއް ފަށައިފި
ރާއްޖޭގެ ބޯޑަރތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި ބެހޭ ވޯކްޝޮޕެއް ފަށައިފިއެވެ.
ކަސްޓަމްސް ހެޑްއޮފީހުގައި ބޯޑާ ސެކިޔުރިޓީ ، ފްރޮޑިއުލަންޓް އައިޑެންޓިޓީސް އެންޑް ޑޮކިޔުމެންޓް ސެކިޔުރިޓީ ޓްރެއިނިން ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށްގެންދާ މި ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވީ ޕްލޭނިންގް މިނިސްޓަރ މުހައްމަދު އަސްލަމެވެ.
މި ޕްރޮގްރާމްގެ މަގުސަދަކީ ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލްކަން އިތުރުކޮށް ބޯޑަރުގެ ސަލާމަތްތެރިކަން އިތުރުކުރުމެވެ.
އިމިގްރޭޝަނާއި ކަސްޓަމްސްގެ އިތުރުން ފުލުހުންނާއި އެމްއެންޑީއެފް، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑް، އެއާޕޯޓްސް ކޮމްޕެނީ އަދި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވާ މި ތަމްރީން ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ރާއްޖެއާއި ބޭރުގެ ފަންނީ މާހިރުންނެވެ.
އެގޮތުން މޯލްޑިވްސް އިމިގްރޭޝަން އާއި އިމިގްރޭޝަން ލިއޭސަން އޮފިސަރުންނާއި އެމެރިކާ، ކެނެޑާ، ޖަރުމަނު އަދި އިނގިރޭސިވިލާތުގެ ކަމާބެހޭ ތަޖުރިބާކާރުން ކިޔަވައިދެއްވާނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް