މީރާގެ އޮފީސް
މީރާގެ އޮފީސް
ވިޔަފާރި 27 Jun 2024 | 05:30

ޖީއެސްޓީއާއި އިމްޕޯޓް ޑިއުޓީ އަދި އެއާޕޯޓް ޓެކްސް ރޭޓު ރިވިއުކުރަނީ

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ނަގާ ގޮތް ފުޅާކޮށް، ޖީއެސްޓީ ރޭޓަށް ވެސް ބަދަލުތައް ގެންނަން ސަރުކާރުގެ މެދު ރާސްތާ ރެވެނިއު ސްޓްރެޓެޖީގައި ހިމަނައިފިއެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާއްމު ކޮށްފައިވާ މެދުރާސްތާގެ އާމްދަނީގެ ސްޓްރެޓެޖީގައި ވަނީ، ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި އަމަލުކުރާނެ ސިޔާސަތުތަކެއް ހިމަނައިފައެވެ. މި ސްޓްރެޓެޖީގެ މަގުސަދަކީ ޓެކްސް އިސްލާހުކޮށް އެޑްޖަސްޓްމަންޓްތައް ގެނެސް ސަރުކާރަށް ލިބޭ އާމްދަނީ އިތުރުކުރުމެވެ.

އެގޮތުން، އެކަމަށްޓަކައި، 2025 ވަނަ އަހަރަށް ލަފާކުރާ ޕްލޭންގައި މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ރޭޓް މުރާޖައާކުރުމާއި، ޖީއެސްޓީ ބޭސް ފުޅާކުރުމާއި، މުދަލާއި ހިދުމަތުގެ އަގު (ޖީއާރްޓީ) ރޭޓްތައް މުރާޖައާކުރުން ފަދަ ބޮޑެތި ބަދަލުތައް ހިމަނާފައިވެ އެވެ. މީގެ އިތުރުން، އެކްސައިޒް ޓެކްސްގެ ނިޒާމެއް އެކުލަވާލައި، އާމްދަނީގެ އާ ލަނޑުދަނޑިތަކާ އެއްގޮތަށް އިމްޕޯޓް ޑިއުޓީ ރޭޓްތައް މުރާޖައާ ކުރާންވެސް ހިމަނާފައިވެއެވެ.

ހަމަ އެހެންމެ، ޓެލެކޮމް އޮޕަރޭޓަރުންގެ ކޯޕަރޭޓް އިންކަމް ޓެކްސް (ސީއައިޓީ) ރޭޓްތައް ވެސް މުރާޖައާކޮށް، ޓޫރިޒަމް ލޭންޑް ރެންޓް ގެ ނިޒާމު އަލުން އިވެލުއޭޓް ކުރާންވެސް މި ސްޓްރެޓެޖީގައިވެއެވެ.

މިކަން އިޢުލާނުކުރައްވާފައި މިވަނީ ޚަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރުވުމާއި، މެދުރާސްތާގެ އާމްދަނީގެ ސްޓްރެޓެޖީއާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހޯމަ ދުވަހު ނިންމެވުމާ ގުޅިގެންނެވެ.

މިގޮތަށް ނިންމެވީ މާލީ ހަމަޖެހުމާއި ކުރިއެރުމަށް، ވަޒީރުންގެ މަޖިލީހުން، ދެއްވި ލަފާއަށްފަހުއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
10 Oct 2026 ހަބަރު

ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި

ދައުލަތުގެ ބަޖެޓުން އަހަރުގެ މިހާތަނަށް ލޯނު އަދާކުރުމަށް ރެކޯޑް އަދަދެއް ހޭދަވެފައިވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފިނޭންސުން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރ...

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި
08 Oct 2026 ހަބަރު

ދަރަނީގެ ގޮންޖެހުންތައް ކުޑަވުމާ ގުޅިގެން މޫޑީޒް އިން ރާއްޖޭގެ ރޭޓިން މަތިކޮށްފި

ދަރަނިތައް ދެއްކުމަށް ދިވެހި ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ގައުމުގެ މާލީ ގޮންޖެހުންތަކަށް އޮތް ރިސްކު ކުޑަވުމާ ގުޅިގެން ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ "މޫޑީޒް" އިން ދިވެހިރާއްޖ...

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް
03 Oct 2026 ހަބަރު

މިދިޔަ އަހަރަށްވުރެ މިއަހަރު، އާމްދަނީ ލިބޭ ދާއިރާތަކުގެ ކުރިއެރުން ރަނގަޅު: ފިނޭންސް

މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީ ލިބޭ އެކިއެކި ދައިރާތަކުގެ ކުރިއެރުން ރަނގަޅުވެފައިވާކަމަށް މާލީ ވުޒާރާއިން ބުނެފިއެވެ. ދައުލަތުގެ ހަރަދުބަރަދު ހުރިނެތްގޮތާ ގުޅޭގޮ...

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު
30 Sep 2026 ހަބަރު

ރަސްމާލެ މަޝްރޫޢު އިން ދައުލަތަށް 11 ބިލިއަން ޑޮލަރު ލިބޭނެ: ޒަރީރު

ރަސްމާލެ ވޯޓާފްރޮންޓް މެރީނާ މަޝްރޫޢުގެ 10 އަހަރުގެ ތަރައްޤީގެ މުއްދަތުގައި ދައުލަތަށް 11 ބިލިއަން އެމެރިކާ ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވޭ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒ...

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި
29 Sep 2026 ހަބަރު

އޯޕެކް ފަންޑުން ކުއްލި އެހީގެ ކްރެޑިޓް ފެސިލިޓީއެއް ހޯދަން މަޝްވަރާކޮށްފި

ކުއްލި ހާލަތްތަކުގައި ބޭނުންކުރެވޭނެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް  އޯޕެކް ފަންޑުން ހޯދުމަށް މަޝްވަރާކޮށްފިއެވެ. ދޯހާގައި ކުރިއަށްދާ އޭޝިއަން އިންފްރާސްޓްރަކްޗާ އިންވެސްޓްމަންޓް ބޭންކް (އޭއައިއައި...

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
23 Sep 2026 ހަބަރު

ހުޅުމާލޭގައި ނަފްސާނީ ބަލިތަކަށް ޚާއްސަ، 50 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ

ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އާބ...