ޖަލުގެ އޮޑިޓް ރިޕޯޓްގައި ހުރި ވާހަކަތައް އެޗްއާރްސީއެމުން ދޮގުކޮށްފި
ޖަލުތަކުގެ ހާލަތު އޮޑިޓްކުރި ކޮމެޓީން ނެރުނު ރިޕޯޓްގައި ހިމެނޭ ވާހަކަތައް ހިއުމަން ރައިޓްސް ކޮމިޝަނުން ދޮގުކޮށްފިއެވެ.
އެޗްއާރުސީއެމުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެ ރިޕޯޓުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުން އެ ކޮމިޝަނަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި، އަދި އެންޓި-ޓޯޗަރ ޤާނޫނުގެ ދަށުން އެ ކޮމިޝަނުން ބަލަމުންދާ ޓޯޗަރގެ މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެދަށުގައި މިނިވަންކަން ގެއްލޭގޮތަށް ބަންދުގައި ތިބޭ މީހުންގެ އެންމެހައި ޙައްޤުތައް ކަށަވަރުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ބަލާފައިނުވާ ކަމަށެވެ.
އަދި މި ރިޕޯޓު އެކުލަވާލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކޮމިޝަން ފޮރ ޕްރިޒަންސް އޯޑިޓްއަށް ފޯރުކޮށްދީފައިވާ މަޢުލޫމާތުތަކަށް ރިޔާޢަތް ކޮށްފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެހެންކަމުން އެއީ ހަޤީޤަތާއި ޚިލާފު މަޢުލޫމާތު ހިމަނައިގެން ނެރެފައިވާ ޒިންމާދާރުކަން ކުޑަ ރިޕޯޓެއްކަން ވަނީ ކޮމިޝަންގެ ބަޔާނުގައި ފާހަގަކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް