ރައީސް ނަޝީދާއި އެމްޑީޕީގެ ޕީޖީ ގްރޫޕް ސްރީލަންކާގައި
ރަސްމީ ދަތުރުފުޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ.
ރައީސް ނަޝީދުގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އަދި ގައުމީ މަޖިލީހުގެ މެންބަރުން ބައިވެރިވެ ވަަޑައިގެންނެވިއެވެ.
މި ދަތުރަކީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާގައި ދެވުނު ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެގައުމުގެ ރައްޔިތުންނާއި އެކުގައިވާކަން އަންގައިދިނުމަށް ކުރާ ދަތުރެއްކަމަށް އެމްޑީޕީން މައުލޫމާތު ދެއެވެ.
މި ދަތުރުގައި އެމަނިކުފާނު ސްރީލަންކާގެ އިސްވެރިންނާއި ލަންކާގައި ދިރިއުުޅޭ ދިވެހިންނާއި ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް