ދެ ރަށެއްގެ ހެލްތު ސެންޓަރުތައް އެޅުމަށް އާރުޑީސީއަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދެރަށެއްގެ ހެލްތް ސެންޓަރުތައް އެޅުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ.
އާރުޑީސީއާ ހަވާލުކޮށްފައިވަނީ، ނ.ވެލިދޫ ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތުގެ އިތުރުން އދ.ފެންފުށީގައި އައު ޞިއްޙީ މަރުކަޒުގެ އިމާރާތުގެ މަސައްކަތެވެ. މި އިމާރާތްތައް އެޅުމުގެ އެއްބަސްވުމުގައި އާރުޑިސީއާ މިނިސްޓްރީ އޮފް ހެލްތާއެކު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
މީގެ ތެރެއިން ނ.ވެލިދޫގައި ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް މީގެ ކުރިންވެސް ވަނީ ކުންފުންޏަކާ ހަވާލުކޮށްފައެވެ. ނަމަވެސް އެ މަސައްކަތް އޮތީ ހުއްޓިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް