ރައީސް، މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުޅުވައިދެއްވައިފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މަސްޖިދުލް ޔޫސުފުލް ބަރުބަރީ (ބަރުބަރީ މިސްކިތް) ހުޅުވައިފި އެވެ.
މި މިސްކިތް ހުޅުވައިދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.
މި މިސްކިތް މި ހުޅުވީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް 1400 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ޖާގަ ތަނަވަސް ރީތި މިސްކިތެއް ގޮތުގައި އަލުން ބިނާ ކުރުމަށްފަހުގަ އެވެ. މި މިސްކިތަކީ ހެޔޮ އެދޭ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތެކެވެ.
މި މިސްކިތް ހުޅުވައިދެއްވުމަށްފަހު ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިސްކިތް ބައްލަވާލައްވާފައެވެ.
ބަރުބަރީ މިސްކިތް އަލުން ތަރައްގީކޮށްފައިވަނީ އަލިސާފު ކުންފުނީގެ ދީލަތި އެހީތެރިކަމާއެކުގަ އެވެ. މި މިސްކިތް ބިނާކުރުމަށް އެ ކުންފުޏާއި ހަވާލުކޮށްފައިވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގަ އެވެ.
މަސްޖިދުލް ޔޫސުފުލް ބަރުބަރީ ޒަމާނީ ފެންވަރަށް ތަރައްގީކޮށް އަލުން ހުޅުވާފައި މިވަނީ، މާލޭގައި ހުރި ކުރީގެ މިސްކިތްތައް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް