މަޙްރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު 7 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
މަޙްރަމަކާއެކު ޖިންސީ އަމަލެއް ހިންގަން އުޅުނު މީހަކު 7 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މިމައްސަލައިގައި ކްރިމިނަލް ކޯޓުން 22 އޯގަސްޓް ގައި ހުކުމްކޮށްފައިވަނީ ގ. ޢަރޫޝާމަންޒިލް، މާލެ ޙަސަން ރަޝީދު ގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން ބުނީ، ކުށުގެ އުގޫބާތެއްގެ ގޮތުން، ޖިންސީ ކުށުގެ ޤާނޫނު ގެ ދަށުން، ޙަސަން ރަޝީދު 7 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށް ކަނޑައަޅާފައިވާ ކަމަށެވެ.
މުޖުތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުމުގެ ގޮތުން މި ރިޕޯޓް ކޯޓުގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައެއް ނުވެއެވެ.
ނަމަވެސް މައްސަލައިގެ ޚުލާސާ ރިޕޯޓުން އެނގޭ ގޮތުގައި މި މައްސަލައާ ގުޅިގެން ހުކުމެއް ކުރުމުގެ ކުރިން ޙަސަން ރަޝީދު ބަންދުގައި ހޭދަކުރި މުއްދަތު، އޭނާހެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކުރުމަށް ކަނޑައަޅައި، މިގޮތުގެ މަތިން ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް