މާލެ ސަރަހައްދަށް ކުއްލިއަކަށް މޫސުން ގޯސްވެއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މޫސުން ވަރަށް ރީތިކޮށް އޮތުމަށްފަހު މާލެ ސަރަހައްދަށް ކުއްލިއަކަށް މޫސުން ގޯސްވެއްޖެއެވެ.
މީގެ ކުދައިރުކޮޅެއްކުރިން އައި ވިލާގަނޑަކާއެކު މާލެ ސަރަހައްދުގެ މޫސުން ގޯވެފައިވާއިރު މިހާރު ވަނީ ބޯކޮށް ވާރޭވެހެންވެސް ފަށާފައެވެ. މީގެ އިތުރުން އާދަޔާހިލާފަށް ވައިގަދަވެފައިވާއިރު، ހުޅުމާލެ ފަޅުގައި ދަތުރަށް ތައްޔާރުވެތިބި ބައެއް ލޯންޗްތައް ވަނީ ފުރުން ފަސްކޮށްފައެވެ.
މޫސުން ކުއްލިއަކަށް ގޯސްވެފައިވައިރު، މިހާ މޫސުން ގޯސްވާނޭކަމަކަށް މިއަދު މެޓް އޮފީހުން ބުނެފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ކެރީގެ އަސަރު ކުރާނޭކަމަށް ވަނީ ބުނެފައެވެ.
ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ އަށްވަނަ ނަކަތްކަމަށްވާ "ފުސް" ނަކަތެވެ. މި ނަކަތުގައި ޢާންމުގޮތެއްގައި އުޑުމަތި ބަނަކޮށް އޮންނައިރު، ވާރޭ ވެހުން ގިނަ ވާނޭކަމަށް ނަކަތްތެރިން ބުނެއުޅެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް